ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)397-AS/397/2022/70
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 23 އޮކްޓޫބަރު 2022 13:00
ހައްދުންމަތީ މާބައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު ވީނަސް އިބްރާހީމް ވަހީދުގެ ގޯއްޗާއި ޑްރީމް މޫސާ ޢަލީގެ ގޯއްޗާއި ދޭތެރޭގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގުގައި ހުރި އެކިފަރާތްތަކުގެ ރުއްގަހާއި ގުޅޭ

*މިރަށު ވީނަސް އިބްރާހިމް ވަހީދުގެ ގޯއްޗާއި، ޑްރީމް މޫސާއަލީގެ ގޯއްޗާއި ދޭތެރޭގައި އަލަށް ހެދުމަށް ހަމަޖެހިފައިވާ މަގުގައި ހުރި އެކިފަރާތް ތަކުގެ ރުއްގަހާއި ގުޅޭ:

މިރަށު ވީނަސް އިބްރާހިމް ވަހީދުގެ ގޯއްޗާއި، މިރަށު ޑްރީމް މޫސާ ޢަލީގެ ގޯއްޗާއި، ދެމެދުގައި އަލަށް ހަދަން ހަމަޖެހިފައިވާ މަގުގައި ކަރަންޓާއި، ފެނާއިނަރުދަމާ، އެޅުމަށް އެމަގު ހަދަންބޭނުންވެއްޖެވެ. އެހެންކަމުން އެމަގުގައި ހުރި އެކިއެކި ފަރާތްތަކުގެ ރުއްގަސް ނެގުމަށް ބޭނުންވެއެވެ.

ވީމާ، މިސަރަހައްދުގައި ހުރި ރުއްގަހުގެ މައުލޫމާތު 23 އޮކްޓޫބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރީން މިޢިދާރާއަށް އަންގަވައި ދެއްވުންއެދެމެވެ. މިމަޢުލޫމާތު ނުދޭނަމަ ބެލެވޭނީ އެރުއްތަކުގެ ވެރިފަރާތެއް ނެތީކަމުގައެވެ. މި ރުއްތަކުގައި ހުންނާނީ މުށިކުލައިގެ ދަވާދުން ހިސާބުއަކުރުން ނަމްބަރު ޖަހާ ފާހަގަ ކުރެވިފައެވެ.   

* ރުއްގަހުގެ ތަފްސީލް

* ފޯދިފައި (ބޮޑު ވަކަރުލާ ) 11 ދިވެހި ރުއް

* ނުފޯދޭ  (ކުދި ކަނދުބުޑް ނުލާ ނަގައިގެން ގެންދެވޭ ވަރުގެ ) 38 ރުއް      

މިހެންވެ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

17 ރަބީލް އައްވަލް 1444

13 އޮކްޓޫބަރު 2022

13 އޮކްޓޫބަރު 2022