ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)339-ESMS/339/2022/126
ޕަބްލިޝްކުރި ތާރީޚް: 13 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:59
ސުންގަޑި: 16 ނޮވެންބަރު 2022 14:00
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުން

އަރިއަތޮޅު އުތުރުބުރީ ތޮއްޑޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯތި ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ

100 ގޯއްޗެވެ. ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުތަކަކީ، އަމީނީމަގުން ހުޅަގަށް  އަލިރަސްގެފާނު މަގާއި، ހަވީރީ ހިނގުމާއި ދެމެދުން ފާހަގަ ކޮށްފައިވާ

ސަރަޙައްދު 1 ގައިވާ 58 ގޯއްޗާއި، މާމިސްކިތް މަގުގެ ދެކުނުން، ބޮޑުތަކުރުފާނުމަގާއި އަމީނީ މަގާއި ދެމެދުގައި ފާހަގަކޮށްފައިވާ ސަރަޙައްދު 2 ގައިވާ 14

ގޯއްޗާއި، ބުޓިކްގޯޅިން ދެކުނަށް ބަގީޗާގޯޅިން ހުޅަނގަށް އަދި ނިކަގަސްމަގުން ދެކުނަށް ބަގީޗާގޯޅިން އިރަށް ފާހަގަކޮށްފައިވާ ސަރަޙައްދު 3 ގައިވާ 28 ގޯއްޗެވެ.

ވީމާ، ޝަރުތުތައް ފުރިހަމަވާ ފަރާތްތަކުން ގެވަޅަށް އެދި ފޯމު ހުށަހެޅުމަށް 2022 ނޮވެމްބަރ 16 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް ހުޅުވާލަމެވެ. ފޯމު

ދޫކުރުމާއި ބަލައިގަތުން ކުރިއަށްދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 14:00 އަށެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ

ނަންބަރު 6660537 ފޯނާއެވެ.

މި އިޢުލާނާއެކު ތިރީގައިވާ ތަކެތި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އެއީ؛

  • ގޯއްޗައް އެދި ހުށަހަޅާ ފޯމް
  • އއ. ތޮއްޑޫ އިން ބަންޑާރަ ގޯތި ދޫކުރުމުގެ އުޞޫލު
  • ގޯތި ދޫކުރާ ސަރަޙައްދު ދައްކުވައިދޭ ރަށުގެ ޗާޓު
  • ލިބިފައިވާ އަދި ލިބެން އޮތް ބިން ދޫކޮށްލުމަށް ވެވޭ އިޤްރާރު
  • ތަރިކަ އިޤްރާރު

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

 

 

13 އޮކްޓޫބަރު 2022