ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ ވިޔަފާރީގެ އެހީތެރިކަން ފޯރުކޮށްދިނުމަށާއި މި ވިޔަފާރި އިތުރަށް ފުޅާކުރުމަށް މި ކޯޕަރޭޝަނުން އއ.ތޮއްޑޫގައި ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ފާމް ޓު ޕްލޭޓް އިންކިއުބޭޝަން ޕްރޮގްރާމްގެ އޮޕަރޭޝަނަލް ފްރޭމްވޯކް، ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވާތީ މި ކޯޕަރޭޝަނުން 29 ސެޕްޓެންބަރު 2022 ގައި ކުރި ނަންބަރު (IUL)-BCC/PRC/2022/33 ދެވަނަ އިޢުލާނު ބާތިލުކޮށް، މި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާ އެއްގޮތަށް މި ކޯޕަރޭޝަންގެ މ.ކަނީރުވިލާ އެއްވަނަ ފަންގިފިލާ އޮފީހަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
|
ދުވަސް |
ތާރީޚް |
ވަގުތު |
އަންދާސީހިސާބު ހުށަހެޅުން |
އާދީއްތަ |
23 އޮކްޓޫބަރު 2022 |
14:00 |
އަންދާސީހިސާބު ތައްޔާރުކުރައްވަން ވާނީ މި އިޢުލާނާއެކު ހިމަނައިފައިވާ މަޢުލޫމާތު ކަރުދާހަށް ސަމާލުކަން ދެއްވައިގެންނެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ސުންގަޑީގެ ފަހުން ހުށަހަޅާ އަންދާސީހިސާބުތައް ބަލައި ނުގަނެވޭނެއެވެ.
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. އަދި ފޯނު މެދުވެރިކޮށްނަމަ 3330587 އަށް ގުޅުއްވުން އެދެމެވެ.
13 އޮކްޓޫބަރު 2022