ދިވެހިރާއްޖެ
އިޢުލާން
ތ. ކަނޑޫދޫގެ ލޭންޑް ޔޫސް ޕްލޭން ހެދުމާބެހޭ.
ތ. ކަނޑޫދޫގެ ބިމާއި، ކަނޑޫދޫގެ އިޚްތިޞާސްގައި ހިމެނޭ ކަނޑޫދޫ ފަޅު ހިމެނޭގޮތަށް، ލޭންޑް ޔޫސް ޕްލޭނާއި ކަމާގުޅޭގޮތުން ހަދަންޖެހޭ އެންމެހާ ލިޔުންތަކާއި، ރިޕޯޓުތަކާއި، ކުރެހުންތައް އަމިއްލަ ޚަރަދުގައި ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތްތައް އަމިއްލަ ޚަރަދުގައި ކޮށްދިނުމަށް އެދިލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓަރީވާން އެދޭ ފޯމް ފުރުމަށްފަހު 2022 އޮކްޓޯބަރ 16 އާދީއްތަ ދުވަހުން ފެށިގެން 25 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 13:30 ގެ ނިޔަލަށް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓަރީވުމަށް ކޮންމެ ފަރާތަކުންވެސް -/500 ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ބީލަމުގައި ރަޖިސްޓްރީކުރުމަށް އެދޭ ފަރާތްތަކުން މިއިދާރާއަށް ދުރުވެ ފައިސާ ދެއްކުމުން ނުވަތަ މިއިދާރާގެ ނަންބަރު 7725700437001 ރެވެނިއު1 1437 އެކައުންޓަށް ފައިސާ ޓްރާންސްފަރ ކުރުމަށްފަހު 9187211 އަށް ރަސީދު ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ފައިސާ ޓްރާންސްފަރ ކުރާއިރު ރިމާކްސްގައި Kandoodhoo LUP bid registration މި ފަދަ ގޮތަކަށް ބަޔާން ކުރަން ވާނެއެވެ. ބީލަމުގައި ރަޖިސްޓަރީވާން އެދޭ ފޯމް މިއިއުލާނާ އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ހުށަހެޅުން އޮންނާނީ 10 ނޮވެމްބަރ 2022 ވާ ބުރާސްފަތި ދުވަހު 11:00 ގައި މިއިދާރާގައެވެ.
މިހެންވެ މިކަން އާންމުކޮށް އެންގުމައްޓަކައި އިޢުލާނު ކުރީމެވެ.
17 ރަބީޢުލްއައްވަލް 1444
13 އޮކްޓޯބަރ 2022
އަޙްމަދު ރީހާން
ތ. ކަނޑޫދޫ ކައުންސިލްގެ ރައީސް