މަސައްކަތް
ނަންބަރު: (IUL)30-C/1/2014/119
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:46
ސުންގަޑި: 05 ނޮވެންބަރު 2014 14:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޅ. ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާއާއި ސްޓޭޖްޝޯގެ ލައިޓިންގ އަދި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމިނިސްޓްރީން މަސްވެރިންގެ ދުވަހުގެ މުނާސަބަތާ ގުޅިގެން ޅ. ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާއާއި ސްޓޭޖްޝޯގެ ލައިޓިންގ އަދި ސައުންޑް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިމިނިސްޓްރީއަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިއޮފީހަށް (ވެލާނާގޭގެ 4 ވަނަ ފަންގިފިލާ) ވަޑައިގެންދެއްވުން އެދެމެވެ.

 އަންދާސީހިސާބު ހުށައެޅުމަށް

 މަޢުލޫމާތު ސާފުކުރެއްވުމަށް

10 ނޮވެންބަރު 2014 ހޯމަ ދުވަހުގެ 14:00 އަށް

05 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 14:00 އަށް

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް ބައްދަލުވުމުގައި ބައިވެރިނުވެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3339211/ 3339239 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.

6 މުޙައްރަމް‏ 1436              

28 އޮކްޓޫބަރު 2014