ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: MBC-F/IU/2014/132
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 09 ނޮވެންބަރު 2014 14:30
މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޯޕަރޭޝަން
ދިވެހިރާއްޖެ
އައިޓީއާ ގުޅޭ ތަކެތި ވިއްކާ ފަރާތްތަކުން ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު

ޕްރޮކިއުމަންޓް ރިފަރެންސް ނަންބަރު

MBC-PRC/130/10/2014

 

މިކޯޕަރޭޝަނަށް ގަންނަން ބޭނުންވާ އައިޓީއާގުޅޭ ބައެއް ހާޑްވެއަރ އަދި ސޮފްޓްވެއަރ ވިއްކާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރެވުނު MBC-F/IU/2014/122 ނަންބަރު އިޢުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވުމުގެ ސަބަބުން އެއިޢުލާން ބާޠިލުކޮށް، އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، ޝައުޤުވެރިވާ ފަރާތްތަކުން 09 ނޮވެންބަރު 2014 އާދީއްތަ ދުވަހުގެ 2:30 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 ނޮވެންބަރު 2014 ބުރާސްފަތި ދުވަހުގެ 2:30 އަށް އެމް.ބީ.ސީ. ހެޑްއޮފީސް (ރޭޑިއޯ ބިލްޑިންގ) އަށް ހާޒިރުވެ އަގު ހުށަހެޅުއްވުން އެދެމެވެ. އަގު ހުށަހަޅުއްވާއިރު މި ކޯޕަރޭޝަނުން ދޭ މަޢުލޫމާތު ކަރުދާހުގައިވާ ހުރިހާ މަޢުލޫމާތެއް ފުރިހަމަކޮށް ހުށަހަޅުއްވަންވާނެއެވެ.

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014