މަސައްކަތް
ނަންބަރު: (IUL)167-PR/167/2022/101
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:39
ސުންގަޑި: 20 އޮކްޓޫބަރު 2022 11:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ދަގަނޑު އެނދު ކަބަޑާއިއެކު ހަދައިދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

މި ސަރވިސްގެ ބެލުމުގެ ދަށުން ހިންގަމުންދާ މާފުށި ޖަލުގެ ޔުނިޓް-9 އަޕްގްރޭޑްކުރުމުގެ ޕްރޮޖެކްޓްގެ ތެރެއިން ޔުނިޓް-9 އަށް ބޭނުންވާ ދަގަނޑު އެނދު، ކަބަޑާއިއެކު ހަދައިދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު:(IUL)167-PR/167/2022/75 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުގެ އަގު ބޮޑު ކަމަށް ފެންނާތީވެ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ދުވަހާއި ގަޑިއަށް މި އޮފީހަށް (ޣާޒީ ބިލްޑިންގ) ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

ގަޑިއަށް ހާޒިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެ ވާހަކަ ދެންނެވީމެވެ.

ތަފްޞީލް

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ސާފުކުރުން

20 އޮކްޓޯބަރ 2022

ބުރާސްފަތި

11:00

އަންދާސީ ހިސާބު ހުށައެޅުން

26 އޮކްޓޯބަރ 2022

ބުދަ

11:00

12 އޮކްޓޫބަރު 2022