ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)N9C-A/2022/01
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:31
ސުންގަޑި: 20 އޮކްޓޫބަރު 2022 14:00
ކޮޅުމަޑުލު ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ތަރުޖަމާނުން ހޯދުމާއިގުޅޭ

ކޮޅުމަޑުލު ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް

       ތ.ގާދިއްފުށި

       ދިވެހިރާއްޖެ

                                          ނަމްބަރު: (IUL)N9C-A/2022/01

ޢިއުލާން

ތަރުޖަމާނުން ހޯދުމާއިގުޅޭ.

 

      މިކޯޓުން ބަލަމުންދާ މައްސަލައާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އެ ލިޔުންތައް ފޮނުވާނީ، (އީ-މެއިލް: [email protected]) އަށެވެ.

  •        އިނގިރޭސިބަސް ދިވެހި ބަހަށް ތަރުޖަމާކުރުން – ބަންގާޅުބަސް ދިވެހިބަހަށް ތަރުޖަމާކުރުން

ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.

 

އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)

 

ހުށަހަޅަންޖެހޭ ތަކެތި:

  • އެދޭ ސިޓީ
  • ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ
  • ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ
  • ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
  • ވަނަވަރު

ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 20 އޮކްޓޫބަރ 2022 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.

12 އޮކްޓޯބަރ 2022

12 އޮކްޓޫބަރު 2022