ދިވެހިރާއްޖެ
މި އިޢުލާންވަނީ 12 އޮކްޓޫބަރު 2022 13:27 ގައި ބާތިލް ކުރެވިފައެވެ.
ކޮޅުމަޑުލު ގާދިއްފުށީ މެޖިސްޓްރޭޓް ކޯޓް
ތ.ގާދިއްފުށި
ދިވެހިރާއްޖެ
ނަމްބަރު: (IUL)N9C-A/2022/01
ޢިއުލާން
ތަރުޖަމާނުން ހޯދުމާއިގުޅޭ.
މިކޯޓުން ބަލަމުންދާ މައްސަލައާއި ގުޅިގެން ތިރީގައި މިވާ ބަސްބަހުގެ ތަރުޖަމާނު ކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔުންތަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ. ނުވަތަ އެ ލިޔުންތައް ފޮނުވާނީ، (އީ-މެއިލް: [email protected]) އަށެވެ.
· އިނގިރޭސިބަސް ދިވެހި ބަހަށް ތަރުޖަމާކުރުން – ތަމަޅަބަސް ދިވެހިބަހަށް ތަރުޖަމާކުރުން
ޝަރުތު: އިސްވެ ބަޔާންކުރެވުނު ބަސްބަހުން ދައްކާ ވާހަކަތައް ދިވެހި ބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކޮށްދިނުމާއި، އަދި ދިވެހި ބަހުން ދައްކާ ވާހަކަ އެ ބަސްބަހަށް ފަރިތަކަމާއެކު ތަރުޖަމާ ކުރުމުގެ ޤާބިލުކަން ހުރުން.
އުޖޫރަ: ކޯޓުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/400 ރުފިޔާ (ހަތަރު ސަތޭކަ ރުފިޔާ)
ހުށަހަޅަންޖެހޭ ތަކެތި:
- އެދޭ ސިޓީ
- ޕާސްޕޯޓު / އައިޑީކާޑުގެ ކޮޕީ
- ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ
- ތަޖުރިބާ އަންގައިދޭ ލިޔުންތަކުގެ ކޮޕީ
- ވަނަވަރު
ވީމާ، މިކަމަށް އެދޭ ފަރާތްތަކުން މި ކޯޓުގެ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީ ވުމަށްޓަކައި، 20 އޮކްޓޫބަރ 2022 ވާ ބްރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މި ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
12 އޮކްޓޯބަރ 2022