ދިވެހިރާއްޖެ
އިޢުލާން
މިރަށު ކުނިކޮށި ސާފުކޮށް ބަލައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.
މި ރަށު ކުނިކޮށި ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށައަޅުމަށް ރަޖިސްޓްރީ ކުރައްވާ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ބީލަން ހުށައެޅުއްވުމަށް ދެންނެވީމެވެ. މި މަސައްކަތްކުރުމަށް ބީލަން ހުށައެޅޭނީ ، ޤާނޫނު ނަންބަރު : 18/2014 ( ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނު ) ގެދަށުން މިނިސްޓްރީ އޮފް އެކޮނިމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނި ތަކަށާއި ޤާނޫނު ނަންބަރު : 19/2014 ( އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު ) ގެދަށުން މިނިސްޓްރީ އޮފް އެކޮނިމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރި ތަކަށެވެ.
ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން މިކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް މަޢުލޫމާތު ފޮނުއްވައިގެން ނުވަތަ ލިޔުމަކުން ހުށައަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. އީމެއިލްގެ ޒަރިއްޔާއިން ރަޖިސްޓްރީ ކުރައްވާނަމަ ރަޖިސްޓްރީ ކުރެވުނުކަން ކަށަވަރު ކުރުމަކީ އެފަރާތެއްގެ ޒިންމާއެކެވެ.
ބީލަން ރަޖިސްޓްރީކުރުން |
20 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 13:00 ގެކުރިން |
ޕްރީ ބިޑް ބައްދަލުވުން |
ނެތް |
ބީލަން ބަލައިގަތުން |
23 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 13:00 ގެކުރިން |
ބީލަން ހުޅުވުން |
23 އޮކްޓޯބަރު 2022 ވަނަ ދުވަހުގެ 13:05 ގައި ހއ.ފިއްލަދޫ ކައުންސިލް އިދާރާގައި |
ބީލަން ހުށައެޅުމަށް އަދި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށައަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށައަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަންބަރު 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.