ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 268/2022/43
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 09:32
ސުންގަޑި: 20 އޮކްޓޫބަރު 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅު ވިލަރެސް ކޮމިޓީއަށް ޢާންމުންގެ ފަރާތުން މެންބަރުން އައްޔަންކުރުން

މިއަހަރު މިރަށުން ގެވަޅު ދޫކުރުމަށް ކަނޑައެޅި ގެޒެޓްކުރެވިފައިވާ އުޞޫލްގެ ދަށުން އެކުލަވާލަންޖެހޭ ވިލަރެސް ކޮމިޓީއަށް ޢާންމުންގެތެރެއިން ނަގަންޖެހޭ 2 މެންބަރުން ހަމަޖެއްސުމަށްޓަކައި މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މެންބަރުކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ތިރީގައިވާ ޝަރުޠުތައް ފުރިހަމަވާ ފަރާތްތަކުން 20 އޮކްޓޯބަރ 2022 ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

  • ޢުމުރުން 18 އަހަރު ފުރިފައިވާ  ދިވެހި ރައްޔިތަކަށްވުން .
  • މިބުރުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއްކަމުގައި ނުވުން.

ސިޓީއާއެކު ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ، ތައުލީމީގޮތުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 ގެވަޅުދޫކުރުމުގެ އުޞޫލްގެ 10 ވަނަމާއްދާގެ (ށ) ގައިވާގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި އާއްމުންގެ ފަރާތުން 02 (ދެއެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް އާއްމުން ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި ގެވަޅުލިބިފައިވާ ފާރާތްތަކަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

12 އޮކްޓޫބަރު 2022