ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) 268/2022/44
ޕަބްލިޝްކުރި ތާރީޚް: 12 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 09:26
ސުންގަޑި: 20 އޮކްޓޫބަރު 2022 12:00
ތިލަދުންމަތީ ދެކުނުބުރީ ނޭކުރެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގެވަޅުވިލަރެސް ކޮމިޓީއަށް ކްލަބް ޖަމްޢިއްޔާތަކުން މެމްބަރަކު އައްޔަންކުރުން

މިއަހަރު މިރަށުން ގެވަޅު ދޫކުރުމަށް ކަނޑައެޅި ގެޒެޓްކުރެވިފައިވާ އުޞޫލްގެ ދަށުން އެކުލަވާލަންޖެހޭ ވިލަރެސް ކޮމިޓީއަށް ކުލަބް ޖަމްޢިއްޔާތަކުން ނަގަންޖެހޭ 1 މެންބަރަކު ހަމަޖެއްސުމަށްޓަކައި މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ. މިގޮތުން މެންބަރުކަމަށް ކުރިމަތިލައްވަން ޝައުޤުވެރިވާ ޖަމްޢިއްޔާތަކުން 20 އޮކްޓޯބަރ 2022 ބުރާސްފަތި ދުވަހުގެ 12.00 ގެ ކުރިން ތިރީގައިވާ ޝަރުތުތައް ފުރިހަމަވާ، ޖަމްޢިއްޔާގެ މެމްބަރެއްގެ މައުލޫމާތު މިކައުންސިލަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ.

  • ޢުމުރުން 18 އަހަރު ފުރިފައިވާ  ދިވެހި ރައްޔިތަކަށްވުން .
  • މިބުރުގައި ގޯއްޗަށް އެދި ހުށަހަޅާ ފަރާތެއްކަމުގައި ނުވުން.

ސިޓީއާއެކު މެމްބަރެއްގެ ގޮތުގައި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއަކާއި ، ތައުލީމީގޮތުން ލިބިފައިވާ އެންމެ މަތީ ސެޓްފިކެޓްގެ ކޮޕީ ހުށަހަޅަންވާނެއެވެ.

 ގެވަޅުދޫކުރުމުގެ އުޞޫލްގެ 10 ވަނަމާއްދާގެ (ށ) ގައިވާގޮތުން ކޮމިޓީގައި ބައިވެރިވުމަށްއެދި ކްލަބް ޖަމްޢިއްޔާތަކުން 01 (އެކެއް) ފަރާތަށްވުރެ ގިނަ އަދަދަކަށް ކުރިމަތިލައިފިނަމަ، ކޮމިޓީގެ މެމްބަރުންގެ ގޮތުގައި ހިމެނުމުގައި ބަލާނީ ތަޢްލީމީ ފެންވަރަށާއި ގެވަޅުލިބިފައިވާ ފާރާތްތަކަށާއި މިފަދަ މަސައްކަތެއް ކުރެވިދާނެ ފަދަ ޤާބިލްކަންހުރި ފަރާތްތަކަށެވެ.

ވީމާ، މިކަން އާއްމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

12 އޮކްޓޫބަރު 2022