ދިވެހިރާއްޖެ
މި އިދާރާގެ ނަންބަރު (IUL)385/385/2022/11 އިޢުލާނާއި ގުޅިގެން ބީލަމުގައި ރަޖިސްޓްރީ ވެފައިވަނީ 2 ފަރާތުން ކަމުގައިވާތީ، އެއިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
މި އިޢުލާނާއެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހުގައި ވާގޮތުގެމަތިން ކޮޅުމަޑުލު ދިޔަމިގިލި ބިމާއި ފަޅު ހިމެނޭގޮތަށް ދިޔަމިގިލި ލޭންޑް ޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި އިޢުލާނާއެކުގައިވާ ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފޯމު ފުރުމަށްފަހު 18 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ މެންދުރު 13:30 ކުރިން މިއިދާރާއަށް ހުށަހެޅުން އެދެމެވެ. ބީލަމަށް ރަޖިސްޓްރީވުމަށް ފޯމު ހުށަހަޅާ ކޮންމެ ފަރާތަކުން ވެސް ރަޖިސްޓްރޭޝަން ފީގެ ގޮތުގައި -/300 (ތިން ސަތޭކަ) ރުފިޔާގެ ފީއެއް ދައްކަންވާނެއެވެ. ބީލަމަށް ރަޖިސްޓްރީ ކުރެވޭ ކޮންމެ ފަރާތަކަށް ވެސް ރެޖިސްޓްރީކުރެވިފައި ވާކަން އަންގައިދޭ ލިޔުމެއް ދޫކުރެވޭނެއެވެ.
މި ބީލަމުގައި ބައިވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅާނީ 26 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށެވެ. ބީލަންތައް ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ގަޑީގައި ހުށަހަޅަން އަންނަ ފަރާތްތަކުގެ ޙާޟިރުގައި މިއިދާރާގައެވެ. މި ބީލަމާ ގުޅޭގޮތުން ޢަމަލުކުރަންޖެހޭ ގޮތުގެ މަޢުލޫމާތު މި އިޢުލާނާއެކުގައިވާ މަޢުލޫމާތު ކަރުދާހުން ސާފުވާނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާނަމަ މިއިދާރާގެ 6780004 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
16 ރަބީޢުލްއައްވަލް 1444