މަސައްކަތް
ނަންބަރު: B17-MSM/2014/10
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 09:29
ސުންގަޑި: 10 ނޮވެންބަރު 2014 10:30
ތިލަދުންމަތީ ދެކުނުބުރީ މަކުނުދޫ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ބައެއް ތަންތަން މަރާމާތުކުރުމަށް

އަންދާސީހިސާބު ބޭނުންވެއްޖެ

މިމަރުކަޒުގައި މަރާމާތުކުރަންވެފައިވާ ބައެއް ތަންތަން މަރާމާތުކުރުމަށް ބޭނުންވެއްޖެއެވެ.

ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ތާރީޚުތަކުގައި ޞިއްޙީ މަރުކަޒުގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން

    10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހުގެ 10:30 އަށް

  • އަންދާސީހިސާބު ހުށަހެޅުން

    18 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 10:30 އަށް

އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، މިމަރުކަޒުގެ ނަންބަރު 6520094 ފޯނަށް ރަސްމީގަޑީގައި ގުޅުއްވައި މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

06 މުޙައްރަމް 1436 

30 އޮކްޓޫބަރު 2014