ދިވެހިރާއްޖެ
އިޢުލާން |
||||
ނަންބަރު: |
ތާރީޚް:11 އޮކްޓޫބަރ 2022 |
|||
ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމް 2022/2023 (ދެވަނަފަހަރަށް އިޢުލާންކުރުން) (މިއީ މި މިނިސްޓްރީގެ ނަންބަރު IUL475-Schol/475/2022/135 (28 އޮގަސްޓް 2022) އަށް އިތުރު ފުރުސަތުތައް ލިބިފައިވާތީ އަލުން ކޮށްފައިވާ ޢިއުލާނެކެވެ.) |
||||
04 އެމް.ބީ.ބީ. އެސް |
ކޯހުގެ ދާއިރާ: |
|||
ޕާކިސްތާން |
ޤައުމު: |
އިޢުލާނުގައި އެޓޭޗްކުރެވިފައިވާ މަރުކަޒުތައް |
މަރުކަޒު: |
|
1.ޖީ.ސީ.އީ އޯލެވެލް / އައި.ޖީ.ސީ.އެސް.ސީ / އިމްތިޙާނުން 05 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން. 2.ޖީ.ސީ.އީ އޭލެވެލް އިމްތިހާނުގެ ކެމިސްޓްރީ، ބައޮލޮޖީ އަދި ފިޒިކްސް ނުވަތަ ހިސާބު 03 މާއްދާއިން "ސީ" އިން ފެށިގެން މަތީ ގްރޭޑެއް ހާސިލްކޮށްފައިވުން. 3. ނަންބަރު 1 ގައި ބުނާ 5 މާއްދާގެ ތެރޭގައި އިނގިރޭސި ނުހިމެނޭނަމަ، އިނގިރޭސި ފާހެއް ހާސިލުކުރައްވާފައިވުން. އިނގިރޭސި ފާހެއްކަމުގައި ބަލާނީ ތިރީގައިވާ ފާސްތަކުގެ ތެރެއިން ފާހަކަށެވެ. ހ. CAE/CPE އިން "ސީ" އިން ފެށިގެން މަތީގްރޭޑެއް ށ. IELTS އިން އޯވަރރޯލް ސްކޯރ 6.0 އިން ފެށިގެން މަތި ނ. TOEFL 550 އިން ފެށިގެން މަތި. 4. މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ކަޑައަޅާފައިވާ ޝަރުތުތައް ފުރިހަމަވެފައިވުން.
އެދޭ ކޯހާ ގުޅޭ ޝަރުތުތަކުގެ އިތުރުން ފުރިހަމަވާންޖެހޭ ޝަރުތުތައް: 1.ތަޢުލީމު ހާސިލުކުރެއްވުމަށް ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ އެންމެފަހުގެ އެހީއަށްފަހު، މި އިޢުލާނުގެ ސުންގަޑިއަށް، ތިރީގައިވާ މުއްދަތަށް ދިވެހިރާއްޖެއަށް ޚިދުމަތްކޮށްފައިވުން. ހ. ފުލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 2 (ދޭއް) އަހަރު ށ. ޕާޝަލް ސްކޮލަރޝިޕެއްނަމަ މަދުވެގެން 1.5 (އެކެއް ޕޮއިންޓް ފަހެއް) އަހަރު ނ. ލޯނު އެހީއެއްނަމަ މަދުވެގެން 1 (އެކެއް) އަހަރު 2. މި މިނިސްޓްރީއިން ނުވަތަ ކުރިން ޑިޕާޓްމަންޓް އޮފް ހަޔަރ އެޑިޔުކޭޝަން މެދުވެރިވެގެން ކިޔެވުމަށް ލޯނެއް ނަގާފައިވާނަމަ ޑީފޯލްޓެއް ނެތި އެލޯނެއް ގަވާއިދުން ދައްކަމުންދާ ފަރާތެއް ކަމުގައިވުން 3. އެދޭ ކޯހަކީ މިހާރު ފުރިހަމަކޮށްފައިވާ ކޯހަކަށްވުރެ މަތީ ފެންވަރުގެ ކޯހަކަށްވުން. އަދި އެދޭ ކޯހާއި އެއް ފެންވަރެއްގެ ކޯހެއް ދައުލަތުގެ ޚަރަދުގައި މިހާރު ފުރިހަމަ ކުރަމުންދާ ދަރިވަރެއް ކަމުގައި ނުވުން |
ކޯހުގެ ޝަރުތު: |
|||
ފުރިހަމަކޮށްފައިވާ އެޕްލިކޭޝަނާއެކު ހުށަހަޅަން ޖެހޭ ތަކެތި. 1. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ 2. ފުލް ޓްރާންސްކްރިޕްޓް 3. 4 (ހަތަރެއް) ޕާސްޕޯޓް ސައިޒް ފޮޓޯ (ނޮމިނޭޓްވުމުން ހުށަހެޅުމަށް) 4. ފުރިހަމަކޮށްފައިވާ ޕާކިސްތާން ޓެކްނިކަލް އެސިސްޓެންސް ޕްރޮގްރާމްގެ އެޕްލިކޭޝަން ފޯމާއި އޭގައި ބަޔާންކޮށްފައިވާ ތަކެތި. 5. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ 6. މުއްދަތު ހަމަނުވާ ޕާސްޕޯޓް ޑޭޓާ ޕޭޖްގެ ކޮޕީ 7. ތަޢުލީމް ހާސިލުކުރަން ސަރުކާރުން ނުވަތަ ސަރުކާރު މެދުވެރިވެގެން އެހީ ލިބިފައިވާނަމަ، އެންމެފަހުގެ އެހީއަށްފަހު، އެއެހީއަކާ ގުޅޭގޮތުން ޚިދުމަތް ކުރުމަށް މި އިޢުލާންގައި ބަޔާންކޮށްފައިވާ މުއްދަތަށް ޚިދުމަތް ކޮށްފައިވާކަން އަންގައިދޭ ރަސްމީ ލިޔުން 8. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރިފަހުން ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް 9. ޚިދުމަތްކުރުމަށް ބޮންޑެއް އޮތްނަމަ، ބޮންޑުކުރި ތަނަކުން އެފަރާތެއް މި ކޯހަށް ދޫކުރާނެކަމުގެ ލިޔުން 10. ކުރިން ލޯނު ނަގާފައިވާ ކެންޑިޑޭޓުންގެ ތެރެއިން ގަވާއިދުން ޑިފޯލްޓެއް ނެތި ލޯނު ދައްކާ ފަރާތްތަކުން މިސްކޮލަރޝިޕަށް އެޕްލިކޭޝަން ހުށަހަޅާނަމަ، ކުރިން ނަގާފައިވާ ލޯނު ދައްކާނެ ކަމަށް ބަޔާންކޮށް އެފަރާތުގެ ލިޔުމެއް ނުވަތަ އެހެން ފަރާތެއް ޙަވާލުވާނަމަ، ޙަވާލުވާ ފަރާތުގެ ލިޔުން |
ހުށަހަޅަންޖެހޭ ތަކެތި: |
|||
-މި ސްކޮލަރޝިޕްގެ ފައިނަލް ސެލެކްޝަން ހެދުމަށް ހަމަޖެހިފައިވަނީ، ޕީ.ޓީ.އޭ.ޕީ ގެ ފަރާތުންނެވެ. - މި ސްކޮލަރޝިޕްގެ ހުރިހާ ޚަރަދެއް ހަމަޖައްސަން ޖެހޭނީ ދަރިވަރު އަމިއްލައަށެވެ. ޚަރަދު ތަކުގެ ތަފްސީލް މި އިޢުލާނާއެކު މިނިސްޓްރީގެ ވެބްސައިޓަށް އަޕްލޯޑް ކޮށްފައިވާނެއެވެ.
|
އިތުރު މަޢުލޫމާތު |
|||
ސުންގަޑި: 16 އޮކްޓޫބަރ 2022 ވާ ބުރާސްފަތި ދުވަހު 12:30 ގެ ކުރިން |
||||
އެޕްލިކޭޝަން ހުށަހަޅާނީ https://myedu.egov.mv ޕޯޓަލް މެދުވެރިކޮށެވެ. |
||||
އިތުރު މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓް www.mohe.gov.mv އިންނާއި އަދި 3026941 / 3026966 ނަންބަރު ފޯނުން ލިބޭނެއެވެ.އިތުރު މަޢުލޫމާތު ސާފުކުރުމަށް އީމެއިލް ކުރައްވާނީ [email protected] އަށެވެ. |
||||