ދިވެހިރާއްޖެ
އެސްޓިމޭޓް ހުށަހެޅުމުގެ ފުރުޞަތު
މިކޯޓު އިމާރާތުގެ ލައިޓްތައް ބަދަލުކޮށްދިނުމާއި، ލައިޓް ތަކުގެ ކަރަންޓު ވަޔަރިންގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެ.
މިކޯޓުގައި މިހާރު ހުރި ލައިޓްތައް ބަދަލުކޮށް އައުލައިޓް އެޅުމާއި ލައިޓްތަކުގެ ކަރަންޓް ވަޔަރިންގގެ މަސައްކަތް އަމިއްލަ ތަކެތީގައި ހަރުކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކުރުމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 18 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 ގެ ކުރިން، މިކޯޓުގެ ނަންބަރު 6640338 / 6640069 އަށް ގުޅުއްވާ ނަންނޯޓު ކުރެއްވުން އެދެމެވެ. ނުވަތަ ކޯޓުގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުން އެދެމެވެ. މި މުއްދަތުގެ ތެރޭގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.
އަދި ތިރީގައިވާ ގޮތުގެ މަތިން ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓަށް އަންދާސީ ހިސާބް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
އަންދާސީ ހިސާބް ހުށަހަޅާ ތާރީޙް: 20 އޮކްޓޯބަރ 2022
އަންދާސީ ހިސާބް ހުށަހަޅަންޖެހޭ ސުންގަޑި: 13:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭތަން: ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓް.
އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އެސްޓިމޭޓް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް މިކޯޓުގެ 6640338/6640069 ނަންބަރު ފޯނާ ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.
15 ރަބީޢުލްއައްވަލް 1444
11 އޮކްޓޯބަރ 2022
މިމަސައްކަތައް ބޭނުންވާ މައުލޫމާތު ޝިޓާއި އަންދާސީ ހިސާބު ހުޅަހަޅާ ޝީޓް މި އިއުލާނާއިކު އެޓޭޗްކުރެވިފައި ވާނެކަމުގައި ދަންނަވަން.