މަސައްކަތް
ނަންބަރު: (IUL)308/2022/45
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:54
ސުންގަޑި: 19 އޮކްޓޫބަރު 2022 13:00
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްވެރިންގެ ހިޔާ ތަރައްޤީކުރުން

ޕްރޮޖެކްޓް ނަންބަރު PRO/308/2022/07

މަސްވެރިންގެ ހިޔާގައި ކުރަންހުރި ތިރީގައި ދަންނަވާފައިވާ މަސައްކަތްތައް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

މަސައްކަތާއިގުޅޭ މަޢުލޫމާތުތައް

  1. މަސްވެރިންގެ ހިޔާގެ ހުރިހާ ފާރުތަކުގެ އެތެރެއާއި ބޭރުން (ފާޚާނާ ހިމަނައިގެން) ސިމެންތިޖެހުން.
  2. އެކުވެރިންގެ ހިޔާގެ ހުޅަނގުއުތުރު ކަންމަތީ އިންނަ ފެނަކަ ކަރަންޓް ޑީބީ އިން މަސްވެރިންގެ ހިޔާއަށް ކަރަންޓް ކޭބަލްއެޅުން.
  3. 6އެމްއެމްގެ ޕްލައިވުޑް ބޭނުންކޮށްގެން ސީލިންގކުރުން. (ފާޚާނާ އާއި އަސްކަނި 6އެމްއެމް ސިމެންތި ފިލައިން ސީލިންކުރުން)
  4. ކަރަންޓް ވައިރުކުރުން.

ސިންގަލް ފޭސް ކަރަންޓް މީޓަރު ފޮއްޓާއި މީޓަރު އަދި އެމްސީބީ،                ތިން ގޭންގް 2 ސްވިޗް،  

ދެ ގޭންގް 1 ސްވިޗް،                                        އެއް ގޭންގް 1 ސްވިޗް،    

ޑީބީ ބޮކްސް -18ސީބީ،                                       1 އާރތު ރޮޑް 6ފޫޓު،

1 އެމްސީބީ 2ޕޯލް،                                         1 އީއެލްސީބީ 2ޕޯލް،

4 ސާކެޓް ބްރޭކަރ 6އޭމްޕްސްގެ 1ޕޯލް،                              6 ސާކެޓް ބްރޭކަރ 10އޭ 1ޕޯލް،

18 ސީލިންގ ލައިޓް،                                        3 ސީލިންގ ފަންކާ،

3 ފަންކާ ޑިމަރު،                                          10 ސޮކެޓް 13އޭ.

ކަރަންޓް ޑީބޯޑް ހުންނަންވާނީ ތަޅުލެވޭގޮތަށް.

ރަޖިސްޓްރީކުރުން

2022 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 13:00ގެ ކުރިން ބިޑް ރަޖިސްޓްރީކުރަންވާނެއެވެ. ބިޑް ރަޖިސްޓްރީ ކުރައްވާނީ މިކައުންސިލްގެ [email protected] / [email protected] އަށް ތިރީގައި މިދަންނަވާ މަޢުލޫމާތު މެއިލްކޮށްގެންނެވެ. ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ ބިޑް ބަލައިނުގަންނާނެ ވާހަކަ ދަންނަވަމެވެ.

  • ވިޔަފާރީގެ ނަން
  • ވިޔަފާރި ރަޖިސްޓްރީ ނަންބަރު
  • ވެރިފަރާތުގެ ނަން
  • ވެރިފަރާތާއި ގުޅޭނެ ނަންބަރު
  • އީމެއިލް އެޑްރެސް

މަޢުލޫމާތު ސާފުކުރުން

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ސާފުކުރުމަށް އީ-މެއިލް ކުރައްވާނީ 2022 އޮކްޓޫބަރު 18 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން ތިރީގައި ދަންނަވާފައިވާ އެޑްރެހަށެވެ. އީމެއިލްކުރައްވާއިރު ސަބްޖެކްޓްގައި އިޢުލާނު ނަންބަރާއި ބީލަމުގެ ނަން ލިޔަންވާނެއެވެ.

އީމެއިލް އެޑްރެސް:  [email protected]

ކޮޕީ: [email protected]

އަންދާސީ ހިސާބު ހުށަހެޅުމުގެ ސުންގަނޑި އާއި ހުށަހަޅާނެގޮތް

  • 2022 އޮކްޓޫބަރު 19 ވާ ބުދަ ދުވަހުގެ 13:00 އަށް.
  • އަންދާސީ ހިސާބު ހުޅުވުން އޮންނާނީ، އަންދާސީ ހިސާބު ހުށަހަޅުއްވާ ދުވަހު، އަންދާސީ ހިސާބު ހުށަހަޅުއްވާ ގަޑީގައެވެ.
  • އަންދާސީ ހިސާބު ހުށަހަޅާނީ މިއިދާރާއަށް ވަޑައިގެންނެވެ.

އަގު ހުށަހަޅަންވީ ގޮތް:

-  އަގު ހުށަހަޅަންވާނީ ދިވެހި ރުފިޔާއިންނެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ މިއިދާރާއިން ދޫކޮށްފައިވާ މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅާ ފޯމްގައެވެ.

-  އަންދާސީ ހިސާބު އިވެލުވޭޓް ކުރާއިރު ބެންޗްމާރކްގެ ގޮތުގައި ބަލާނީ ހުށަހަޅާފައި އޮންނަ އެންމެ ކުޑަ އަގެވެ.

-  އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައިއެވެ.

-  ސިޓީއުރައިގައި ބަންދުކުރެވިފައިވާ ލިޔެކިޔުން ފިޔަވާ އެހެން ލިޔުމެއް ފަހުން ބަލައެއް ނުގަނެވޭނެއެވެ. އަދި ބަންދުކުރެވިފައިވާ ސިޓީއުރައިގެ ބޭރުގައި އިޢުލާން ނަންބަރު އަދި ތިރީގައިވާގޮތަށް އެޑްރެސްކުރެވިފައި އޮންނަންވާނެއެވެ.

"މަސްވެރިންގެ ހިޔާ ތަރައްޤީކުރުން"

                      މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ

                             ރ. މަޑުއްވަރި، ދިވެހިރާއްޖެ

  •  ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް:

-  ކުންފުނި/އިންވެސްޓްމެންޓްގެ މުއްދަތު ހަމަނުވާ ރަޖިސްޓްރީގެ ކޮޕީ

-  ކުންފުނީގެ ޕްރޮފައިލް

-  ތަޖުރިބާގެ ލިޔުންތައް

-  އަންދާސީ ހިސާބު ހުށަހަޅާ ފޯމް

  •   މާކްސް ދެވޭގޮތުގެ ތަފްސީލު:
  1. މާކްސް ދިނުމުގައި ބަލާ މިންގަނޑު ތަކަކަކީ :

-  އަގު %85

-  މުއްދަތު

-  ތަޖުރިބާ %5

  1. 100،000.00 (އެއްލައްކަ) ރުފިޔާއިން މަތީގެ މަސައްކަތްތަކަށް ކޮންމެ ލިޔުމަކަށް 05 ޕޮއިންޓް ލިބޭނެއެވެ.
  2. 100،000.00 (އެއްލައްކަ) ރުފިޔާއިން ދަށުގެ މަސައްކަތްތަކުގެ ލިޔުންތަކަށް ކޮންމެ ލިޔުމަކަށް 01 ޕޮއިންޓް ލިބޭނެއެވެ.
  3. ބިޑް އިވެލުއޭޓް ކުރާނީ މިއިދާރާގެ ބިޑް އިވެލުއޭޝަން ކޮމިޓީންނެވެ.
  4. ބިޑް އިވެލުއޭޝަން ކޮމިޓީން އިވެލުއޭޓްކުރުމަށް ފަހު، ބިޑުތައް ކާމިޔާބު ކުރެވުނު ފަރާތަށާއި ނުކުރެވުނު ފަރާތްތަކަށް އެންގޭނެއެވެ.
  5. ބިޑް އިވެލުއޭޝަނާއި ގުޅިގެން އެއްވެސް ޝަކުވާއެއް އޮތްނަމަ "ބީލަންވެރިޔާ މައްސަލަ ހުށަހަޅާ ފޯމް" ހުށަހެޅުމުން އެފަރާތަކަށް ޖަވާބުދެވޭނެއެވެ. މިފޯމް މިކައުންސިލްގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

އިތުރު މަޢުލޫމާތު ސާފުކުރުން

  1. ވިޔަފާރީގެ ވެރިފަރާތް ފިޔަވައި އެހެން ފަރާތެއް ބީލަން ހުށަހެޅުމަށް ވަޑައިގަންނަވާނަމަ ބަދަލުގައި ވަޑައިގަންނަވާ ފަރާތެއްކަން އަންގައިދޭ ލިޔުން ގެންނަވަންވާނެއެވެ.
  2. މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ހުށަހަޅާފައިނުވާ އަންދާސީ ހިސާބުތައް ބާޠިލުކުރެވޭނެއެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

11 އޮކްޓޫބަރު 2022