މަސައްކަތް
ނަންބަރު: (IUL)332-ADHR/332/2022/77
ޕަބްލިޝްކުރި ތާރީޚް: 11 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:13
ސުންގަޑި:
19 އޮކްޓޫބަރު 2022 13:30
މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދައުވަތު _ ބަނދަރު ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން
- މިރަށުގެ ބަނދަރު ބަލަހައްޓައި ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)332-ADHR/332/2022/74 އިޢުލާން ބާތިލްކޮށް 2 ވަނަ ފަހަރަށް އިޢުލާން ކުރަމެވެ.
- މިރަށުގެ ބަނދަރު ބަލަހައްޓައި ދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތަކަށް ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން ކުރިޔަށްދާނީ 11 އޮކްޓޫބަރު 2022 ން 19 އޮކްޓޫބަރު 2022 އަށް، ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން 13:30 އާއި ދެމެދު ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމުންނެވެ. ރަޖިސްޓްރީ ކުރެވޭނީ ބީލަމަށް ރަޖިސްޓްރީ ކުރާ ފޯމު މިއިދާރާއަށް ހުށަހަޅައިގެން ނުވަތަ މެއިލްކޮށްގެނެވެ. މެއިލްކުރާނަމަ މެއިލް ލިބުނުތޯ ރަޖިސްޓްރީ ކުރި ފަރާތުން ޔަޤީންކުރަންވާނެއެވެ. ރަޖިސްޓްރީ ފޯމް މިއިދާރާއިން ލިބެންހުންނާނެއެވެ.
- މިމަސައްކަތާއި ގުޅޭ އެންމެހައި ލިޔެކިއުންތައް 11 އޮކްޓޫބަރު 2022 ން ފެށިގެން ސޮފްޓް ކޮޕީ ފޯމެޓްގައި މި އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް މިއިދާރާއިން ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
- ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، 20 އޮކްޓޫބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރަންވާނެއެވެ.
- ބީލަން ހުށަހެޅުމާއި ހުޅުވުން އޮންނާނީ 23 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ 11:00 ގައި މި އިދާރާގެ މީޓިން ހޯލްގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައަޅާފައިވާ ތާރީހާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
- އިތުރު މައުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
މާލެއަތޮޅު ދިއްފުށި ކައުންސިލްގެ އިދާރާ
ސަލީމީހިގުން، ކ.ދިއްފުށި
ފޯން: , 77300716640071
އީމެއިލް: [email protected]
11 އޮކްޓޫބަރު 2022