ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/148
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:35
ސުންގަޑި: 25 އޮކްޓޫބަރު 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމާއި ގުޅޭ

ކުޅުދުއްފުށި ސިޓީގައި ޝަހީދު ހުސައިން އާދަމްގެ ހަނދާނީ ބިނާއެއް ހެދުމަށްޓަކައި، ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ތިރީގައިވާ މަޢުލޫމާތާއި އެއްގޮތްވާގޮތުގެ މަތިން މިބިނާ ފަރުމާކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށެވެ.
  • ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިންލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށެވެ.
  • ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށެވެ.
  • ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައެވެ.

ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ (ފަސްހާސް ރުފިޔާ)  ކަނޑައެޅިފައި ވާނެއެވެ. ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. ބިނާ ފަރުމާ ކުރުމަށްފަހު، ސޮފްޓްކޮޕީތައް (ކޮރަލްޑްރޯ ، އޮޓޯކެޑް ނުވަތަ ސްކެޗަޕް) ތިރިގައިވާ މެއިލް އެޑްރެސްއަށް މެއިލް ކޮއްދެއްވުން އެދެމެވެ.

އީ-މެއިލް : [email protected]

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 އޮކްޓޫބަރު 2022