ދިވެހިރާއްޖެ
މި ސްކޫލުގެ އިޢުލާނު ނަންބަރު GS106/IUL/2022/005 (21 މާރިޗު 2022) އާ ގުޅިގެން އެއްވެސް ފަރާތަކުން މައުލޫމާތު ސާފުކުރުމަށް ހާޒިރުވެފައި ނުވާތީ، އެ އިޢުލާން ބާތިލުކޮށް އަލުން ފުރުޞަތު ހުޅުވާލަމެވެ.
އެހެންކަމުން، މި ސްކޫލުންދޭ މަޢުލޫމާތާ އެއްގޮތަށް، މި ސްކޫލުގެ ސްޓާފްރޫމަށް ބޭނުންވާ ބައެއް މަރާމާތުތައް ކޮށްދިނުމާއި ޓީޗަރުންގެ ވޯކްސްޓޭޝަން ހެދުމަށް ބޭނުންވާ ފަރުނީޗަރު ގެނެސްދީ އެތަކެތި ރާވައި ބަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ.
މައުލޫމާތު ސާފުކުރުން |
ބިޑް ހުށަހެޅުން |
ތާރީޙް: 13 އޮކްޓޯބަރު 2022 (ބުރާސްފަތި) |
ތާރީޙް: 17 އޮކްޓޯބަރު 2022 (ހޯމަ) |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
ގަޑި: 13:00 / ތަން: މާއުނގޫދޫ ސްކޫލް (އޮފީސް) |
މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހާޟިރުނުވާ ފަރާތްތަކުގެ ބިޑްތައް ބަލައި ނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ އައި.ޑީ. ކާޑުގެ ކޮޕީއަކާއެކު، ސިޓީއެއް ގެންނެވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މި ސްކޫލުގެ ފޯނު ނަންބަރު 6540554 އާ ގުޅުއްވުން އެދެމެވެ.