މަސައްކަތް
ނަންބަރު: (IUL)23-PD(PMS)/23/2022/493
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 17:27
ސުންގަޑި: 19 އޮކްޓޫބަރު 2022 13:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް

އިޢުލާން

      ނ.ހޮޅުދޫ ޞިއްޙީމަރުކަޒުގެ އެކްސްޓެންޝަން ޢިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކުރުމަށް ކުރި ނަންބަރު (IUL)23-AP/23/2022/349 (24 ޖުލައި 2022) އިޢުލާނަށް އަންދާސީ ހިސާބު ހުށަހަޅާފައިވާ ފަރާތްތަކުގެ ޝަރުތު ހަމަނުވާތީ މިއިޢުލާން ބާތިލުކުރުމަށްފަހު މިމަމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުށް ބޭނުން ވެއްޖެއެވެ.

 

     މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 10 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުން ފެށިގެން 19 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން [email protected] އަށް ގެޒެޓްކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުމަށްފަހު އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް އެޓޭޗްމަންޓްގައި ގެޒެޓް ކުރެވިފައިވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 26 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ ހެނދުނު 10:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00 ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކާއި  އަންދާސީ ހިސާބު ހުށަހަޅަން ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

 

                          14 ރަބީއުލް އައްވަލް  1444

10 އޮކްޓޫބަރު 2022