ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-D/30/2022/305
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:33
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
42 ވަނަ މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ހުވަދު އަތޮޅު ދެކުނުބުރިން ހޮވާ ކެޔޮޅުންގެ އެވޯޑަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލުން

2022 ވަނަ އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހުވަދު އަތޮޅު ދެކުނުބުރި ފަރެސްމާތޮޑާގައި ބާއްވާ ޙަފްލާގައި މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން ޙަރަކާތްތެރިވާ ހުވަދު އަތޮޅު ދެކުނުބުރިން ހޮވާލެވޭ އެންމެ ޚިދުމަތްތެރި ޒުވާން (35 އަހަރުން ދަށް) ކެޔޮޅަކާއި އެންމެ ތަޖުރިބާކާރު (35 އަހަރުން މަތި) ކެޔޮޅު ހޮވައި، އެ ދެފަރާތުގެ އަގު ވަޒަން ކުރުމުގެ ގޮތުން އެވޯޑެއް ދޭގޮތަށް ހަމަޖެހިފައިވެއެވެ.

ވީމާ، މި ދެ އެވޯޑަށް ކުރިމަތިލުމަށް ބޭނުންވާ، އިސްވެ ދެންނެވި ޝަރުތު ފުރިހަމަވާ ފަރާތްތައް މި އިޢުލާނާއެކު އެއް އުރަ ކުރެވިފައިވާ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 25 އޮކްޓޫބަރު 2022 ވާ އަންގާރަ ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. 

ކެޔޮޅުންގެ އެވޯޑަށް އެދި ހުށަހެޅުމަށް ތައްޔާރުކޮށްފައިވާ ފޯމު މިނިސްޓްރީގެ ވެބްސައިޓް www.fishagri.gov.mv އިން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.

މި ދެއެވޯޑަށް އެދި އަމިއްލަ ހައިސިއްޔަތުން ނުވަތަ އެހެން ފަރާތަކުންވެސް ނަން ހުށަހެޅިދާނެއެވެ.  އެވޯޑަށް އެދި ހުށަހަޅާ ފޯމް ފުރިހަމަކުރެއްވުމަށްފަހު މިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެމެވެ.

10 އޮކްޓޫބަރު 2022