ދިވެހިރާއްޖެ
އިޢުލާން
ވަޒީފާގެ ފުރުސަތު |
ނަންބަރު:145-A/2014/78 |
||
ތާރީޚު: 27 އޮކްޓޫބަރު 2014 |
|||
މަޤާމު: |
ކޯޓްއޮފިސަރ |
ރޭންކް: ޖީ.އެސް 3 |
|
އަދަދު: |
1 (އެކެއް) |
||
މަސައްކަތް ކުރަންޖެހޭ ތަން: |
ކްރިމިނަލް ކޯޓު |
||
އަސާސީ މުސާރަ: |
-/4465 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ) |
||
މި މަޤާމަށް ލިބޭ އެލަވަންސް: |
ސަރވިސް އެލަވަންސް -/1500 (ފަނަރަ ސަތޭކަ ރުފިޔާ) އާއި، ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %40 އާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ. |
||
އަސާސީ ޝަރުޠު: |
1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2މާއްދާއިން ދަށްވެގެން[ޑީ]ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލު ސެޓްފިކެޓް އިމްތިޙާނުގައި [ދިވެހި] މި މާއްދާއިން ދަށްވެގެން [ސީ] ލިބިފައިވުން. ނުވަތަ، 2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައުޤުވާ މާކުހެއް ލިބެމުންދިޔުމާއެކު، ޖީ.އެސް 2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. |
||
މަޤާމުގެ މަސްއޫލިއްޔަތު: |
1- ޝަރީޢަތާ ގުޅޭ ކަންކަމުގައި ހާޒިރުކުރެވޭ ފަރާތްތަކާއި ޝަރީޢަތާއި ގުޅުންހުރި މުޢާމަލާތްތައް ހިންގުން. 2- ޝަރީޢަތުގެ މަޖިލީހުގެ ކަންތައް ބެލެހެއްޓުން. 3- ޝަރީޢަތާބެހޭ އިދާރީ މަސައްކަތްތައް ކުރުން. 4- ރެކޯޑިންގ ބަޔާންތައް ލިޔުން. |
||
އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި: |
1- ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަނުމަށް އެދޭ ފޯމު. 2- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރާއި އީމެއިލް އެޑްރެހާއި، ވަޒީފާ އަދާކޮށްފައިވާ ތަންތަނާއި، އަދާކުރި ވަޒީފާތަކާއި، އެ ވަޒީފާތައް އަދާކުރި މުއްދަތު ހިމެނޭގޮތަށް) 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 4- މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑުން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ. 5- ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ (މި ބަޔަށް މާކްސް ދިނުމުގައި ގުނޭނީ، ސަރުކާރުގެ މުއައްސަސާތަކުގައި ވަޒީފާ އަދާކޮށްފައިވާނަމައެވެ. މި ލިޔުމުގައި، އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގައި ވީ ދުވަހާއި މަޤާމުގެ ނަމާއި ރޭންކާއި އަދާކުރާ މަސްއޫލިއްޔަތު ބަޔާންކޮށްފައި އޮންނަންވާނެއެވެ.) |
||
ސުންގަޑި: |
2014 ނޮވެންބަރު 6 ވަނަ ދުވަހުގެ 14:00 |
||
އިތުރު މަޢުލޫމާތު |
ވަޒީފާއަށް އެދޭ ފޯމު، މި ކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި މި ކޯޓުގެ ވެބްސައިޓް: www.criminalcourt.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ. |
||
މި ކޯޓުގެ ނަންބަރު: (07.07.2014) 145-A/2014/50 އިޢުލާނާ ގުޅިގެން ވަޒީފާއަށް އެކަށިގެންވާ މީހުން ކުރިމަތިލާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށްފީމެވެ. |