ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-A/266/2022/148
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 25 އޮކްޓޫބަރު 2022 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމާއި ގުޅޭ

މި އިޢުލާންވަނީ 10 އޮކްޓޫބަރު 2022 13:56 ގައި ބާތިލް ކުރެވިފައެވެ.


 މި އަހަރުގެ ނަޞްރުގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ޝަހީދު ޙުސައިން އާދަމްގެ ހަނދާނީ ބިނާ ފަރުމާކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ. ތިރީގައިވާ މަޢުލޫމާތާއި އެއްގޮތްވާ ގޮތުގެ މަތިން ބިނާ ފަރުމާކުރުމަށް ސަމާލުކަން ދެއްވުން އެދެމެވެ.

  • ބިނާ ހުންނަންވާނީ ހުސައިން އާދަމްގެ ޖިހާދު ރަމްޒުކޮށްދޭ ފަރުމާއަކަށެވެ.
  • ފަރުމާކޮށްފައި ހުންނަންވާނީ ބާޒާރުން ފަސޭހައިންލިބޭ ދިގު މުއްދަތައް ދެމިހުންނަ މެޓީރިއަލްއަކުން ހެދޭ ގޮތަށެވެ.
  • ފަރުމާ ވާންވާނީ ބަލާލަން ރީތި، އިސްލާމްދީނާއި އާންމު އިޖްތިމާއީ މިންގަނޑުތަކަށް ފެތޭ ފަރުމާއަކަށެވެ.

ހުށަހެޅޭ ފަރުމާތަކުގެ ތެރެއިން އެންމެ ރަނގަޅު ފަރުމާއަކަށް ފައިސާގެ އިނާމުގެ ގޮތުގައި 5000 ރުފިޔާ (ފަސްހާސް ރުފިޔާ)  ކަނޑައެޅިފައި ވާނެއެވެ. ބިނާ ބެހެއްޓުމަށް ހަމަޖެހިފައިވަނީ ރަށުގެ އާންމު ސަރަހައްދެއްގައެވެ. ފަރުމާ ހުށަހެޅުމުގެ ސުންގަޑިއަކީ 25 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 14:00 އެވެ. ފަރުމާ ޑިޒައިން ކުރުމަށްފަހު، ސޮފްޓްކޮޕީތައް ތިރިގައިވާ މެއިލް އެޑްރެސްއަށް މެއިލް ކޮއްދެއްވުން އެދެމެވެ.

އީ-މެއިލް : [email protected]

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

10 އޮކްޓޫބަރު 2022