ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ހައިކޯޓުގެ އެސިސްޓެންޓް ލީގަލް އޮފިސަރގެ މަޤާމަށް ކުރެވިފައިވާ ނަންބަރު: IUL)95-A/1/2014/26 (އޮކްޓޫބަރ، 28، 2014) އިޢުލާނުގެ ބާޠިލްކުރުމަށްފަހު، އެ މަޤާަމަށް އަލުން ވަނީ އިޢުލާނުކުރެވިފައެވެ.
އިޢުލާން
ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެ
މަޤާމު: |
އެސިސްޓެންޓް ލީގަލް އޮފިސަރ |
ސެކްޝަން: |
ޝަރުޢީ ސެކްޝަން |
ބޭނުންވާ އަދަދު: |
1 (އެކެއް) |
ރޭންކް: |
MS 2 |
މަޤާމުގެ ޝަރުޠު: |
ޝަރީޢަތާއި ޤާނޫނު ދާއިރާއިން ނުވަތަ ޤާނޫނުގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
|
މުސާރަ: |
-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ) |
އެލަވަންސްތަކާއި ޢިނާޔަތްތައް: |
ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/ 3000 ރުފިޔާ (ތިންހާސް ރުފިޔާ ) އާއި، ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %60 އާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި
- ވަޒީފާއަށް އެދޭ ފޯމް
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓް ކުރެވިފައިވާ ފޮޓޯކޮޕީ (އެޓެސްޓްކޮށް ތައްގަނޑު ޖަހާފައިވާ ކޮޕީ)
- ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން.
- ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
- ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭކަމުގެ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި ރޭންކް އެނގޭގޮތަށް)
- ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.
- ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިއުމާއި، ޓްރާންސް ކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރެޑިޓް ކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.
ނޯޓު: މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
ސުންގަޑި: 2014 ނޮވެންބަރު 12 ގެ 14:00
ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް، ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
9 މުޙައްރަމް 1436