ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2022/70
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:32
ސުންގަޑި: 17 އޮކްޓޫބަރު 2022 12:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބިދޭސީންގެ ދަފްތަރު އެކުލަވާލުމާއި ގުޅޭ

ޤާނޫނު ނަންބަރ: 7/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) އަށް 8 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 15 ވަނަ މާއްދާގެ (ހބ) ގައި ބިދޭސީންގެ މަޢުލޫމާތު އެއްކޮށް، ދަފްތަރެއް ކައުންސިލުން ބަލަހައްޓަން ލާޒިމްކުރާތީވެ، މިރަށުގައި ދިރިއުޅޭ ބިދޭސީންނާއި ބެހޭ މަޢުލޫމާތު ހޯދައި ބިދޭސީންގެ ދަފްތަރު އަލުން އެކުލަވާލުމަށް ބޭނުންވެއެވެ.

 

ދަފްތަރުގައި ބިދޭސީން ރަޖިސްޓްރީ ކުރުމަކީ، އެ ބިދޭސީއަކަށް ވަޒީފާދީފައިވާ ފަރާތުން ކުރަންޖެހޭ ކަމެކެވެ. އެހެން ކަމުން ރަށުގައި މަސައްކަތްކުރާ ބިދޭސީން 2022 އޮކްޓޯބަރ 17 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ބިދޭސީން ރަޖިސްޓްރީ ކުރާ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ހުށައެޅުއްވުމަށް ދަންނަވަމެވެ. މިދަފްތަރު އެކުލަވާލުމަށްޓަކައި ބޭނުންވާ "ބިދޭސީންގެ ދަފްތަރު ފޯމް" ތިރީގައިވާ ލިންކުން އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ދަންނަވަމެވެ.

ލިންކް:  https://docs.google.com/forms/d/1ccd3dXtTdWflhCkbAM7kADcc_cJMBxvKZJH0y4PoqPk/edit

 

މަތީގައިވާ މުއްދަތުގައި މަޢުލޫމާތު ހުށަނާޅާ ފަރާތްތަކާއި ޤަވާއިދާއި ޚިލާފަށް އުޅޭކަމަށް ފާހަގަ ކުރެވޭ ބިދޭސީންގެ މަޢުލޫމާތު ކަމާއި ބެހޭ މުވައްސަސާތަކަށް ހުށަހަޅައި، އެފަރާތްތަކާއި މެދު ޤަވާއިދުން ފިޔަވަޅު އެޅޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

 

ވީމާ، މިކަން އެންމެހައި ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި އަންގާ އިޢުލާން ކުރަމެވެ.

14  ރަބީޢުލްއައްވަލް 1444

10 އޮކްޓޫބަރު 2022