ދިވެހިރާއްޖެ
މަޤާމުގެ ނަން: |
ލީގަލް އެސިސްޓެންޓް |
ބޭނުންވާ އަދަދު: |
1 |
ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ރޭންކް: |
MS1 |
އޮފީސް: |
ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓު |
މަޤާމުގެ މުސާރަ: |
-/5610 (ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ) |
އެލަވަންސް/ޢިނާޔަތް: |
- ސަރވިސް އެލަވަންސް -/3000 (ތިންހާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސްގެ ގޮތުގައި މުސާރައިގެ %35 (އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.) |
ޝަރުޠު: |
މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޝަރީޢަތާއި ޤާނޫނު ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
1- ކޯޓަށް ހުށަހަޅާ މައްސަލަތައް ދިރާސާކުރުން. 2- މައްސަލަތައް ދިރާސާކުރަން ބޭނުންވާ މަޢުލޫމާތުތައް އެއްކުރުން. 3- މައްސަލަތަކާ ގުޅިގެން އިދާރީގޮތުން އޮފީސްތަކަށް ލިޔަންޖެހޭ ސިޓީތައް ލިޔުމާއި، މައްސަލަތަކާ ގުޅިގެން އެކިމަޢުލޫމާތުތައް ސާފުކުރުމަށް ޑިޕާޓްމަންޓުންނާއި އެކި އޮފީސްތަކުން ފޮނުވާ ސިޓީތަކަށް ޖަވާބު ތައްޔާރުކުރުން. 4- މައްސަލަތަކުގައި ކޯޓަށް ހާޒިރުވާ ފަރާތްތަކުން ޗުއްޓީ ހޯދުމަށް އެދޭނަމަ ހަމަޖެހިފައިވާ ޤަވާއިދުން ޗުއްޓީގެ ކަންތައް ހަމަޖެއްސުން. 5- މައްސަލަތަކުގެ ރިޕޯޓް ތައްޔާރުކުރުމާއި، މެޖިސްޓްރޭޓަށް އެހީތެރިވުން. 6- ޝަރީޢަތުގެ މަޖިލީހުގައި ނެގޭ ރިކޯޑިންގެ ބަޔާންތައް ދުވަހުން ދުވަހަށް ލިޔެ ތައްޔާރުކުރުން. 7- ޝަރީޢަތުގެ މަޖިލިހަށް މައްސަލައިގެ ފައިލް ވެއްދުމުގެ ކުރިން އެ މައްސަލައެއް ދެން ބަލާނެ ދުވަހަކާއި ގަޑި ހޯދުން. 8- މީގެ އިތުރުން، ކޯޓުގެ އިސް މެޖިސްޓްރޭޓާއި ވެރިން އަންގާ، ކޯޓުގެ ކޮންމެ މަސައްކަތެއް ކުރުން. 9- ވަޒީފާގެ ވާޖިބުތައް، ކޯޓު ހިންގުމާއހަވާލުވެހުންނަ، އެންމެ އިސް ފަނޑިޔާރެއްގެ މަޝްވަރާއާއެކު، ތެދުވެރިކަމާއި ފަރުވާތެރިކަމާއެކު އަދާކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
- ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމު (ފޯމު ލިބެން ހުންނާނީ މި ކޯޓުގެ ކައުންޓަރުން). - ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމުގެ ތައްގަނޑުޖެހި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓުފިކެޓެއް ހުށަހަޅާނަމަ، ސެޓުފިކެޓާއެކު ޓްރާސްކްރިޕްޓް ހުށަހެޅުން). - އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުން ހުށަހަޅާނަމަ، މަޤާމުގައި ވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް. - ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު. - މުއްދަތު ހަމަނުވާ އައި. ޑީ. ކާޑުގެ ސާފު ކޮޕީ. |
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި: |
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 13 ވާ ބުރާސްފަތިދުވަހުގެ މެންދުރުފަހުގެ 14:00 ގެ ކުރިން، މަތީގައި ބަޔާންކޮށްފައިވާ ތަކެއްޗާއެކު މި ކޯޓަށް ހުށަހެޅުން ނުވަތަ މި ކޯޓުގެ އީމެއިލަށް ([email protected]) މެއިލްކުރުން އެދެމެވެ. ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމު ބަލައެއް ނުގަނެވޭނެއެވެ. |
4 މުޙައްރަމް 1436