މަސައްކަތް
ނަންބަރު: (IUL)363-ADM/363/2022/2
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:11
ސުންގަޑި: 20 އޮކްޓޫބަރު 2022 13:00
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.ވޭވަށު ކައުންސިލްގެ އިދާރާގެ ލޯގޯ ފަރުމާކުރުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

މިކައުންސިލުގެ އިޢުލާން ނަމްބަރު (IUL)363-PLN/363/2022/21 ގެ މުއްދަތު ހަމަވި އިރުގައި އެއްވެސްފަރާތަކުން ލޯގޯ ހުށަހަޅާފައި ނުވާތީ، މިކައުންސިލް އިދާރާގެ ސިއްކަ (ލޯގޯ) ފަރުމާކޮށް ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ، ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

  1.  ލޯގޯ ފަރުމާ ކުރުމުގެ މަޤުސަދު:

1.1    މ.ވޭވަށު ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޙަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ލޯގޯ ފަރުމާކޮށް ބޭނުންކުރުން.

1.2       މ.ވޭވަށު ލޯގޯ އަކީ ވިޔަފާރިތަކުގައި ޙާއްސަކޮށް ކުޅިވަރުގައާއި ލޯކަލް ޓްއަރިޒަމްގެ ދާއިރާގައި އިސްތިހާރު ކުރުމަށް ބޭނުންކުރެވޭ ލޯގޯއެއް ގޮތުގައި ވެގެންދިއުން.

  1. ލޯގޯ ފަރުމާ ކުރުމުގައި ބަލަންޖެހޭ މިންގަނޑުތައް:                         

2.1   ހުށަހަޅާ ލޯގޯއަކީ މީގެ ކުރިން ޕަބްލިޝްކޮށްފައި ނުވަތަ އެއްވެސް މުބާރާތެއްގައި ބައިވެރިކޮށް އަދި އެއްވެސް ފަރާތަކުން ބޭނުންކޮށްފައިވާ ލޯގޯއަކަށް ނުވުން.

2.2   ވޭވަށް ރަމްޒުކޮށްދޭ ފަދަ އުފެއްދުންތެރި އަމިއްލަވަންތަ ލޯގޯއަކަށްވުން. (ވޭވަށު ބަނދަރުގައި ބެހެއްޓިފައިވާ ކޯމަސްހިމެނޭ މޮނިއުމެންޓް އާއި ގުޅުންހުރި ލޯގޯއަކަށްވުން)

2.3   ލޯގޯ އިން ރަމްޒުކޮށްދެނީ ކޮންކަމެއްކަމާއި، ލޯގޯ ގައި ހިމެނޭ ކުލަތަކުން ރަމްޒުކޮށްދޭ މާނަ ހުށަހަޅައިފައިވުން. އެއްވަނައަށް ހޮވޭ ލޯގޯގައި ބޭނުންކުރެވިފައިވާ ކުލަތަކަށް ބަދަލެއް ގެނައުމަށް މިކައުންސިލުން އެދިއްޖެނަމަ ކަނޑައެޅޭމުއްދަތުގެ ތެރޭގައި އެބަދަލުތައް ގެނައުން

2.4   ލޯގޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ ލޯގޯ އަކަށް ވެގެން ނުވާނެއެވެ.

2.5    ލޯގޯ ފަރުމާކުރެވިފައި ހުންނަންވާނީ، ލެޓަހެޑް، ބިޒްނަސް ކާޑް، ޔުނިފޯމް، ޓީޝާރޓް އަދި ދިދަ ފަދަ ތަކެތީގައިވެސް ބޭނުންކުރެވޭނެ ފަދަ ގޮތަކަށެވެ.

2.6    ލޯގޯ އަކީ ލަކުޑި ނުވަތަ ފައިބަރު ފަދަ މަޢުދަނުގައި ފަސޭހައިން ކަނޑާނެގޭ އަދި ރޮދިން ފަސޭހައިން އެމްބްރޮއިޑްކުރެވޭ ގޮތަށް ފަރުމާކުރެވިފައިވާ ލޯގޯއަކަށް ވާންޖެހޭނެއެވެ.

2.7   ހުށަހަޅާ ލޯގޯ 20mmx20mmއަށް ކުޑަކުރުމުން ލޯގޯގެ އަސްލު ގެއްލިގެން ނުވާނެއެވެ.

2.8    ލޯގޯ ފަރުމާކުރާއިރު ކައުންސިލްގެ ނަން ލޯގޯ ގައި ބޭނުންކުރުން.

ދިވެހިބަހުން "މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ" އަދި އިނގެރޭސި ބަހުން “Secretariat of the Veyvah Council”

2.9     ލޯގޯ ފަރުމާކުރުމުގައި ބޭނުންކޮށްފައިވާ ފޮންޓާއި ފޮންޓްސައިޒް ހުށަހަޅަންވާނެއެވެ.

2.10   ލޯގޯގެ ރިޒޮލިއުޝަން މިންގަނޑަކީ 600dpi ނުވަތަ އެއަށްވުރެ މައްޗެވެ.

 

  1.  ލޯގޯ ފަރުމާކޮށް ހުށަހަޅަންޖެހޭ ފޯމެޓްއާއި ތަކެތި:

3.1   ލޯގޯގެ PNG, PSD/CDR އަދި JPGE ފައިލް ހުށަހަޅަންވާނެއެވެ.

3.2    ލޯގޯގެ ގްރޭ ސްކޭލް އަދި ކުލަކޮށް އޮންނަ PDF ފައިލެއް ހުށަހަޅަންވާނެއެވެ. އަދި ލޯގޯގެ ފައިލް ފޯމެޓް 10MB އަށްވުރެ އިތުރުވެގެންނުވާނެއެވެ.

3.3   ލޯގޯ ހައި- ރިޒޮލިއުޝަންގެ ސޮފްޓު ހުށަހަޅަންވާނެއެވެ.

3.4    ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް  ލިބިފައިވާ ފަރާތެއްކަމަށާއި އަދި ލޯގޯ އެއްވަނައަށް ގޮސްފިނަމަ އެ ލޯގޯގެ ފުރިހަމަ ކޮޕީ ރައިޓްސް މ.ވޭވަށު ކައުންސިލަށް ހަވާލުކުރުމާމެދު އެއްވެސް އިއުތިރާޟެއް ނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ.

3.5    ލޯގޯ ހުށަހަޅާ ފަރާތުގެ ނަން، އައިޑީ ކާޑުގެ ކޮޕީ، އެޑްރެސް، ގުޅޭނެ ފޯނު ނަންބަރު ސިޓީގައި ބަޔާންކޮށްފައިވުން.

 

  1.  ލޯގޯ އަށް ވަނަ ދިނުމުގައި ބަލާނެ މިންގަނޑުތަކާއި އުސޫލުތައް:

4.1     ލޯގޯ ފަރުމާކޮށްފައިވަނީ މަތީގައި ބަޔާންކޮށްފައިވާ މިންގަނޑުތަކާއި އެއްގޮތަށްތޯ ބަލާ ފާސްކުރުން.

4.2     ލޯގޯ ފަރުމާތަކަށް އިންސާފްކުރައްވާނީ ހުށަހެޅި ފަރާތް ސިއްރުކޮށް މިކަމަށް އެކުލަވާލެވިފައިވާ ކޮމެޓީއަކުން.

4.3     ލޯގޯގެ ޓެކްނިކަލް ފެންވަރާއި ކޮލިޓީ މިންވަރު.

4.4  މ.ވޭވަށް ރަމްޒުކޮށްދޭ މިންވަރު.

 

  1. އެއްވަނަ އަށް ހޮވާ ލޯގޯގެ އިނާމް:

5.1    އެއްވަނައަށް ހޮވޭ ލޯގޯއަކަށް: 5,000.00ރ (ފަސްހާސް ރުފިޔާ) ފައިސާގެ އިނާމްގެ ގޮތުގައި ދެވޭނެއެވެ.

  1.  ލޯގޯ ހުށަހެޅުމުގެ ސުންގަޑި އަދި ހުށަހަޅަންވީ ގޮތް:

6.1   ބްރޭންޑް ގައިޑްލައިންގެ ސޮފްޓްކޮޕީ ހުށަހަޅަންވާނެއެވެ.

6.2   ލޯގޯ ހުށަހަޅާ ފަރާތަކީ ލޯގޯގެ ފުރިހަމަ ކޮޕީރައިޓް ލިބިފައިވާ ފަރާތްކަމަށް ބަޔާންކޮށް ސޮއިކޮށްފައިވާ އިގުރާރެއް ހުށަހަޅަންވާނެއެވެ.

6.3   ލޯގޯ ހުށަހަޅާ ފަރާތުގެ ފުރިހަމަ ނަން، އައި.ޑީ ކާޑުގެ ސްކޭން ކޮޕީ، އެޑްރެސް އަދި ގުޅޭނެ ނަންބަރެއް ލޯގޯއާއެކު ކައުންސިލަށް ހުށަހަޅަންވާނެއެވެ.

6.4  މަތީގައި ބަޔާންކޮށްފައިވާ ފޯމެޓްތަކަށް ލޯގޯ ސްފްޓް ކޮޕީ, އިއުތިރާޟެއް ނެތްކަން ބަޔާންކޮށް ސޮއިކޮށްފައިވާ ސިޓީ އަދި އެހެނިހެން ލިޔެކިޔުންތައް 20 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ހުށަހަޅާނީ ތިރީގައިމިވާ އީމެއިލްއަށެވެ. ([email protected])

6.5  އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 9996274.

 

  1. މާރކްސް ދެވޭ މިންގަނޑުތައް:
  2. ރަމްޒުކޮށްދިނުން %50
  3. ފަރުމާކުރުމުގެ ފުރިހަމަކަމަށް %30
  4. ކުލަތައް ހިޔާރުކުރުމުގެ ފުރިހަމަކަމަށް %20

 

ނޯޓް: 1 ވަނަ އަށް ހޮވޭ ލޯގޯއަށް މާރކްސް ދެވޭ މިންގަނޑުތަކުގެ ތެރޭގައި ހިމެނޭ 3 ކަންތަކުން މުޅިއެކު ޖުމްލަ 60 ނުވަތަ އެއަށްވުރެ މަތިން ޕޮއިންޓް ލިބެންވާނެއެވެ.

 

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2022