| މަޤާމު: | ސީނިއަރ ލެކްޗަރަރ | ބޭނުންވާ އަދަދު: | 01 |   | 
| ސްޕައިން ޕޮއިންޓް: | 46 | ގްރޭޑް: | 8 |   | 
| އޮފީސް | ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ |   | 
| ދާއިރާ | މެކޭނިކަލް އެންޖިނިއަރިންގ |   | 
| މުސާރަ: | މަހަކު 15,246.00 ރ | ސަރވިސް އެލަވަންސް: | މަހަކު   6,534.00ރ |   | 
| އިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |   | 
| މަގާމްގެ ޝަރުތު: | އެމް.އެން.ކިޔު.އެފް ލެވެލް 10 ގެ ސަނަދެއް ގުޅޭ ދާއިރާއިން ޙާސިލުކޮށްފައިވުން. |   | 
| ސީނިއަރ ލެކްޗަރަރގެ (ސްޕައިން ޕޮއިންޓް 46) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، ލެކްޗަރަރ (ސްޕައިން ޕޮއިންޓް 40) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. | 
| މަޤާމު: | ލެކްޗަރަރ | ބޭނުންވާ އަދަދު: | 01 | 
| ސްޕައިން ޕޮއިންޓް: | 40 | ގްރޭޑް: | 7 | 
| އޮފީސް | ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ | 
| ދާއިރާ | މެކޭނިކަލް އެންޖިނިއަރިންގ | 
| މުސާރަ: | މަހަކު 12,687.50 ރ | ސަރވިސް އެލަވަންސް: | މަހަކު 5,437.50 ރ | 
| އިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. | 
| މަގާމްގެ ޝަރުތު: | އެމް.އެން.ކިޔު.އެފް ލެވެލް 9 ގެ ސަނަދާއި ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ގުޅޭ ދާއިރާއިން ޙާސިލުކޮށްފައިވުން އަދި މި ދެ ސަނަދުގެ ޖުމްލަ ކިޔެވުން މަދުވެގެން 04 އަހަރުގެ ފުލްޓައިމް އިކްއިވަލަންޓް ކްރެޑިޓް (ރާއްޖޭގެ އެމް.އެން.ކިޔު.އެފފް މިންގަނޑުން 480 ކްރެޑިޓްސް) ހާސިލްކޮށްފައިވުން. | 
| ލެކްޗަރަރގެ (ސްޕައިން ޕޮއިންޓް 40) މަޤާމަށް ޤާބިލު ފަރާތެއް ނުލިބިއްޖެނަމަ، އެސޯސިއޭޓް ލެކްޗަރަރ (ސްޕައިން ޕޮއިންޓް 37) ގެ މަޤާމަށް ފުރުޞަތު ހުޅުވާލަމެވެ. | 
| މަޤާމު: | އެސޯސިއޭޓް ލެކްޗަރަރ | ބޭނުންވާ އަދަދު: | 01 |   | 
| ސްޕައިން ޕޮއިންޓް: | 37 | ގްރޭޑް: | 6 |   | 
| އޮފީސް | ފެކަލްޓީ އޮފް އެންޖިނިއަރިންގ، ސައިންސް އެންޑް ޓެކްނޮލޮޖީ |   | 
| ދާއިރާ | މެކޭނިކަލް އެންޖިނިއަރިންގ |   | 
| މުސާރަ: | މަހަކު 11,374.40 ރ | ސަރވިސް އެލަވަންސް: | މަހަކު   4,874.74ރ |   | 
| އިނާޔަތްތައް: | އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ. |   | 
| މަގާމްގެ ޝަރުތު: | އެމް.އެން.ކިޔު.އެފް ލެވެލް 7 ގެ ސަނަދެއް ގުޅޭ ދާއިރާއިން ޙާސިލުކޮށްފައިވުން. |   | 
| މަޤާމުގެ މަސްއޫލިއްޔަތު: | 
ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި މުޤައްރަރާ އެއްގޮތަށް ހުރިތޯ ބަލާ ގެންނަންޖެހޭ ބަދަލުތައް ގެނައުން.ކިޔަވައިދޭ މާއްދާތަކުގެ އެސެސްމަންޓް ރިވިއުކުރުމާއި ތައްޔާރުކުރުން އަދި އެސެސްކުރުމާއި އިންވިޖިލޭޓްކުރުން.ކިޔަވައިދޭ މާއްދާތަކާއި ގުޅޭ އިދާރީ މަސައްކަތްކުރުން އަދި ދަރިވަރުންގެ ކިޔެވުމާއި ގުޅޭ ސެލްފް ސަރވިސްގެ މަސައްކަތްތައްކުރުން.މާއްދާ ކޯޑިނޭޓްކުރުމާއި ކޯސް ކޯޑިނޭޓްކުރުން.މަރުކަޒު އަދި ޑިޕާޓްމަންޓްތަކުގެ ބައްދަލުވުންތަކުގައި ބައިވެރިވުމާއި ކޮމިޓީތަކުގައި ބައިވެރިވުން.ކިޔަވައި ދިނުމުގެ އިތުރުން ފެކަލްޓީ އަދި ޔުނިވަރސިޓީ އާއި ގުޅުންހުރި ފަންނީ ޙަރަކާތްތަކުގައި ބައިވެރިވެ ޔުނިވަރސިޓީ ޕްރޮމޯޓް ކުރުން.ތަނާގުޅޭ ރިސާރޗް ޙަރަކާތްތައް ފާހަގަކޮށް، ރިސަރޗް މަސައްކަތް އަމަލީ ގޮތުންކުރުން.އަމިއްލަގޮތުންނާއި ފަންނީ އެހެން މުވައްޒަފުންނާއި ގުޅިގެން ޢިލްމީ ދިރާސާތައްކޮށް ޝާއިރުކުރުމަށް މަސައްކަތްކުރުން.އާ މުޤައްރަރުތައް ފަރުމާކުރުމާއި ބޭނުންކުރެވޭ މުޤައްރަރުތައް އިޞްލާޙުކުރުން.ކިޔަވައިދޭ މާއްދާތައް ކިޔަވައިދެވޭ ފެންވަރު މަތިކުރެވޭނެ ގޮތްތައް ވިސްނައި އެކަމަށް މަސައްކަތްކުރުން.ފެކަލްޓީގެ ކަންތައްތައް ރަގަޅުކުރުމަށް ހިންގާ ކަންކަމުގައި އެއްބާރުލައި އަމިއްލަ ގޮތުންވެސް މަސައްކަތްކުރުން.މަތީގައިވާ ކަންތައްތައްތަކުގެ އިތުރުން މަޤާމުގެ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ ކަންތައްތައްކުރުން. |   | 
| އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް: | 2022 އޮކްޓޫބަރު 17 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް އޮންލައިންކޮށް. https://tinyurl.com/MNUHR-2022-284 | 
| އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް: | 
ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން އޮރިޖިނަލްތައް ކޮޕީ ވެރިފައިކުރުމަށް ހުށަހަޅަންވާނެއެވެ.ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން  އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ. 
ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު) | 
| ނޯޓް:   | 
އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ. | 
| އިތުރު މަޢުލޫމާތު: | 
މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345142 ނަމްބަރު ފޯނަށެވެ. |