ބީލަން
ނަންބަރު: (IUL)272-ESMS/272/2022/63
ޕަބްލިޝްކުރި ތާރީޚް: 10 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:28
ސުންގަޑި: 12 އޮކްޓޫބަރު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް އައުއިމާރާތް އަޅާ ބިމުގެ އުތުރުން އޮތް ބިން ސާފުކުރުމާ ގުޅޭ

 (IUL)272-ESMS/272/2022/63 : ނަންބަރު

އިޢުލާން

ކައުންސިލް އައުއިމާރާތް އަޅާ ބިމުގެ އުތުރުން އޮތް ބިން ސާފުކުރުމާ ގުޅޭ

 

ނޫމަރާ ކައުންސިލްގެ އައު އިމާރާތް އެޅުމަށް ނިންމާފައިވާ ބިމުގެ އުތުރުން ނޫމަރާ ސްކޫލާއި ދެމެދު އޮތް (30*170 ފޫޓުގެ) ބިން ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 12 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 18 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގުމަށްޓަކައި އިޢުލާން ކުރީމެވެ.

10 އޮކްޓޫބަރު 2022