ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)417-ESMS/417/2022/84
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 21:54
ސުންގަޑި: 16 އޮކްޓޫބަރު 2022 14:00
ހުވަދުއަތޮޅު ދެކުނުބުރީ ހޯނޑެއްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އިތުރުކުރުމަށް ހަމަޖެހިފައިވާ ބިމުގައި ހުރި ރުއްގަހާއިގުޅޭ؛

ގދ.ހޯނޑެއްދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް އިތުރުކުރުމަށް ހަމަޖެހައިވާ (ސެންޓަރުގެ ދެކުނުފަރާތް) ބިމުގައިހުރި މިކައުންސިލުން 1 އިން 25 އަށް ނަންބަރ (މުށި ކުލައިން) ޖަހާފައިވާ ރުއްތަކާއި، 1 އިން 8 އަށް ނަންބަރ ޖަހާފައިވާ ކަށިކެޔޮ ގަސްތަކާއި، 1 ނަންބަރ ޖަހާފައިވާ ހިރުނދު ގަހާއި، އަދި 1 ނަންބަރ ޖަހާފައިވާ ފުނަގަހުގެ ވެރިފަރާތްތައް ހޯދުމަށް ކުރެވުނު މިއިދާރާގެ ނަންބަރ (IUL)417-ESMS/417/2022/58 (20 ޖޫން 2022) އިޢުލާނާއި، ނަންބަރ (IUL)417-ESMS/417/2022/67 (02 އޮގަސްޓް 2022) އިޢުލާނާއި ގުޅިގެން ބައެއް ރުއްގަހުގެ ވެރިފަރާތްތައް މިއިދާރާއަށް އެނގިފައި ނުވާތީ، އުފުރުޞަތު އަލުން ހުޅުވާލަމެވެ.

ވީމާ، އެސަރަޙައްދުގައި ހުރި ރުއްތަކުގެ ވެރިފަރާތްތަކުން އެމީހެއްގެ ރުކުގެ ޢަދަދު (ގިނައެއްޗެހި ގަންނަ ވަކަރުލާ މޮޅު ރުއް، ފޯދުނު ރަނގަޅު ރުއް، ފޯދުނު އާދައިގެ ރުއް، ފޯދުނު ދެރަ ރުއް، ނުފޯދޭ ބޮޑުރުއް، ނުފޯދޭ އާދައިގެ ރުއް އަދި ނުފޯދޭ ކުޑަރުއް) އާއި، ކަށިކެޔޮ ގަސްތަކާއި، ހިރުނދު ގަހުގެ ވަށަމިނާއި އަދި ފުނަގަހުގެ ވަށަމިން ބަޔާންކޮށް 2022 އޮކްޓޯބަރ 16 ވަނަ ދުވަހު އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އެސަރަޙައްދުގެ ޗާޓެއް މި އިޢުލާނާއިއެކު އާންމުކުރީމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                                     

09 އޮކްޓޫބަރު 2022