ދިވެހިރާއްޖެ
އިންޓަރނޭޝަނަލް ސެންޓަރ ފޮރ އެޑިޔުކޭޝަން އިން އިސްލާމިކް ފައިނޭންސް (އިންސެފް) އާއި ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީއާއި ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް (ކުއްލިއްޔަތިއްދިރާސާތިލްއިސްލާމިއްޔާ) ގުޅިގެން ހިންގަމުންދާ މާސްޓަރސް ޕްރޮގުރާމުގެ 2015 ވަނަ އަހަރު ޖަނަވަރީ އިންޓޭކަށް އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މި ކޯހަށް ވަންނަން އެދޭ ފަރާތްތަކުން، ކޯހަށް ވަންނަން އެދޭ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި، 25 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ކުއްލިއްޔާގެ އިދާރާއަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ. ފޯމު ލިބެން ހުންނާނީ ކުއްލިއްޔާގެ ރިސެޕްޝަނުންނެވެ. އަދި ސީ.އެމް.ޑީ.އޭ ގެ ވެބްސައިޓުން ޑައުންލޯޑު ކުރެވެން ހުންނާނެއެވެ.
ކޯހުގެ ނަން: މާސްޓަރޒް އިން އިސްލާމިކް ފައިނޭންސް ޕްރެކްޓިސް (އެމް.އައި.އެފް.ޕީ)
ޖާގަ: 30
އިންޓޭކް: ޖަނަވަރީ 2015
ކިޔަވައިދޭ މަރުކަޒު: ކޮލެޖް އޮފް އިސްލާމިކް ސްޓަޑީޒް(ކުއްލިއްޔަތިއްދިރާސާތިލްއިސްލާމިއްޔާ)
ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:
- ޕާސްޕޯޓު ސައިޒުގެ 1 ފޮޓޯ.
- ޕާސްޕޯޓުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- އައި.ޑީ ކާޑުގެ އެޓެސްޓް ކޮށްފައިވާ ކޮޕީ.
- ލިބިފައިވާ އެކަޑެމިކް ޓްރާންސްކުރިޕްޓުތަކުގެ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- ލިބިފައިވާ ސަނަދުތަކުގެ އެކްރެޑިޓް ކޮށްފައިވާ އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ކޮޕީ.
- އިނގިރޭސި ބަހުގެ ފެންވަރު އަންގައިދޭ ލިޔުން. (އައި.އެލް.ޓީ.އެސް. ބޭންޑް 6 ށްވުރެ މަތިން، ނުވަތަ، ޓޯފެލް 550 އަށްވުރެ މަތިން).
- ޑިޕްލޮމާ ސަނަދު ހުށަހަޅާނަމަ، ޢުމުރުން 25 އަހަރު ފުރިހަމަވެފައިވުމުގެ އިތުރުން، ވަޒީފާގައި އުޅޭކަމާއި އެ ވަޒީފާގައި އުޅެފައިވާ މުއްދަތު އެނގޭނޭފަދަ ލިޔުމާއި، ފައިނޭންސާގުޅޭ ދާއިރާއިން މަދުވެގެން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާކަމުގެ ލިޔުން.
ކޯހާބެހޭ މަޢުލޫމާތު ކުއްލިއްޔާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެއެވެ. އަދި ކުއްލިއްޔާގެ ސްޓޫޑެންޓްސް އެފެއަރޒުންވެސް ލިބިވަޑައި ގަންނަވާނެއެވެ.
މީގެ އިތުރުން www.cmda.gov.mv/education-and-training/mifp/ އާއި ސީ.އެމް.ޑީ.އޭ ގެ ފޯނު ނަންބަރު 3014112 އާ ގުޅުމުން އިތުރު މަޢުލޫމާތު ލިބިވަޑައި ގަންނަވާނެއެވެ.