ވަޒީފާގެ ފުރުޞަތު
ނަންބަރު: L6MC-A/2014/15
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 18:59
ސުންގަޑި: 10 ނޮވެންބަރު 2014 14:00
ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެސިސްޓެން ލީގަލް އޮފިސަރ

އިޢުލާން

މި ކޯޓުގެ ނަންބަރު ނަންބަރު:L6MC-A/2014/13  (ސެޕްޓެންބަރު 29, 2014) އިޢުލާނާ ގުޅިގެން ވަޒީފާއަށް އެދި އެއްވެސް ފަރާތަކުން ކުރިމަތިލާފައިނުވާތީ، ތިރީގައިވާ މަޤާމަށް މީހަކު ހޯދުމަށް ޢާއްމުކޮށް އިޢުލާނުކުރީމެވެ.

ވަޒީފާގެ ފުރުސަތު

މަޤާމު:

އެސިސްޓެން ލީގަލް އޮފިސަރ

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ލީގަލް އޮފިސަރ

އަސާސީ މުސާރަ:

މަހަކު -/9،412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

ސަރވިސް އެލަވަންސް:

މަހަކު -/3،000 ރުފިޔާ (ތިންހާސް ރުފިޔާ)

ބޭނުންވާ އަދަދު:

1 (އެކެއް)

ވަޒީފާ އަދާކުރަންޖެހޭ ތަނާއި ރަށް:

ފ.ނިލަންދޫ މެޖިސްޓްރޭޓް ކޯޓް (ފ. ނިލަންދޫ)

ތަޢުލީމާއި ތަޖުރިބާ:

މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރާއި ޤާބިލްކަން ސާބިތުކޮށްދިނުމާއެކު ޝަރީޢަތާއި ޤާނޫނު ނުވަތަ ޝަރީޢާ ނުވަތަ ޤާނޫނުން، ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން.

ވަޒީފާގައި އަދާކުރަންޖެހޭ މަސައްކަތްތައް:

  1. ކޯޓަށް ހުށަހެޅޭ މައްސަލަތަކާއި، ވަރި ކާވެންޏާއި، އެގްރިމެންޓް ރަޖސްޓްރީކުރުމަށް ހުށަހަޅާ ފޯމްތައް ބަލައިގަތުމުގެކުރިން މަޢުލޫމާތުތައް ފުރިހަމަވެފައިވޭތޯ ބަލައި ޗެކްކުރުން.
  2. ކޯޓަށް ހުށަހެޅޭ މައްސަލަތައް، މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ސެކްޝަންތަކާ ހަވާލުކުރުމާއި، މައްސަލަތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް އެކުލަވައިލުމަށް މެޖިސްޓްރޭޓުންނަށް އެހީތެރިވެދިނުން.
  3. އެކިއެކި ކޯޓުތަކުން ބަޔާންނެގުމަށާއި، މީހުން ހާޒިރުކޮށްދެއްވުމަށް އަންނަ މެސެޖުތަކަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއި، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން  ބަޔާންތައް ނެގުން.
  4. ޤާނޫނުތަކަށް އަންނަ ބަދަލުތައް ދިރާސާކޮށް، ޝަރީޢަތްކުރުމާބެހޭގޮތުން ހެދިފައިވާ ޤަވާޢިދުތަކަށް ގެންނަން ފެންނަ ބަދަލުތައް ދިރާސާކޮށް، ކަމާބެހޭ ފަރާތްތަކަށް ބޭނުންވާ ރިޕޯޓް ތައްޔާރުކުރުމާއި، ޤާނޫނުތަކާއި ޤަވާޢިދުތަކަށް ގެނެވޭ އިޞްލާޙުތައް ފަނޑިޔާރުންނަށް ފޯރުކޮށްދިނުމާބެހޭ މަސައްކަތް، ކޯޓު ހިންގެވުމާ ހަވާލުވެހުންނެވި މެޖިސްޓްރޭޓުގެ މަޝްވަރާގެމަތިން ކުރުން.
  5. ނިމޭ ޤަޟިއްޔާތަކާ ގުޅިގެން އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އެޅިފައިވޭތޯ ބަލައި، މައްސަލައިގެ ފައިލް ޢަރުޝީފާ ހަވާލުކުރުން.
  6. އެގްރިމެންޓް ރަޖިސްޓްރީކުރުމާބެހޭ އިދާރީ މަސައްކަތްކުރުން.
  7. ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓް ފޮނުވަންޖެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމާއި، ރިޕޯޓް  ހޯދަން އެދޭ ފަރާތްތަކަށް  ދޫކުރުމަށް ހަމަޖެހިފައިވާ މުއްދަތުގައި ޤަވާޢިދުން ދޫކުރުން.
  8. ޝަރީޢަތާބެހޭ ބަޔާންތައް ނަގައި، ބަޔާންތައް ތައްޔާރުކުރުން.
  9. މިނޫންވެސް، ޝަރީޢަތާބެހޭ ސެކްޝަންތަކުގެ މަސައްކަތްތައް، މެޖިސްޓްރޭޓް އަންގަވާ ގޮތެއްގެމަތިން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް:

މަޤާމަށް ކަނޑައެޅިފައިވާ މުސާރައާއި، ސަރވިސް އެލަވަންސާއި، ޖުޑީޝަލް އެލަވަންސާއި، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، މެޖިސްޓްރޭޓު ކޯޓުތަކުންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ވެބްސައިޓް www.judiciary.gov.mv ން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓެއް ހުށަހަޅާނަމަ، ސެޓްފިކެޓާއެކު ޓްރާންސްކްރިޕްޓް ހުށަހެޅުން.
  5. ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ ވަޒީފާއެއް އަދާކުރަމުންދާނަމަ، މަޤާމުގައިވީ ދުވަހާއި، މަޤާމުގެ ނަމާއި، ރޭންކާއި، އަދާކުރާ މަސްއޫލިއްޔަތު އެނގޭގޮތަށް އެތަނެއްގެ ތައްގަނޑުޖެހި ލިޔުން.
  6. އަލަށް ވަޒީފާއާގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާމީހުން ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯކޮޕީ.
  7. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.

ހުށަހަޅަންޖެހޭ ގޮތާއި ސުންގަޑި:

2014 ނޮވެންބަރު 10 ވާ ހޯމަދުވަހުގެ 14:00ގެ ކުރިން، ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯމް ފުރިހަމަކުރުމަށްފަހު، ހުށަހަޅަންޖެހޭ ލިޔުންތަކާއެކު ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުން އެދެމެވެ.

އެހެނިހެން ކަންތައްތައް:

  1. މި މަޤާމަށް އެދި ހުށަހަޅާ ފަރާތަކީ މަޤާމުގެ ޝަރުޠު ފުރިހަމަވާ މީހަކަށްވުމާއެކު، ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 70 ވަނަ މާއްދާގެ (ހ) ގެ 6 ވަނަ ނަންބަރާއި 7 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ މީހަކަށްވެގެން ނުވާނެއެވެ.
  2. ފެކްސް މެދުވެރިކޮށް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމްތައްވެސް ބަލައިގަނެވޭނެއެވެ. އެހެންނަމަވެސް އިންޓަވިއުއަށް ހާޒިރުވާއި،ރު ފޯމުގެ އަސްލު ގެންނަންވާނެއެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ފޯމުގެ އަސްލު ނުގެނެސްފިނަމަ، ފޯމް ބާޠިލުކުރެވޭނެއެވެ.
  3. އިންޓަވިއުއަށް ހާޒިރުވާއިރު، ފޯމާއެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު ގެންނަންވާނެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެތެރެއިން އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ހަމަޖެހިފައިވަނީ ތަޢުލީމީ ނަތީޖާއާއި، އިންޓަވިއުގައި ހޯދާ މާކްސްގެ ޖުމްލައަށް ބަލައިގެންނެވެ. މި މަޤާމަށް ކުރިމަތިލާ ފަރާތްތަކާ އިންޓަރވިއުކުރުން 2014 ނޮވެންބަރު 16 ވާ އާދީއްތަ ދުވަހުން ފެށިގެން މި ކޯޓުގައްޔާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބާއްވާގޮތަށް ހަމަޖެހިފައިވާތީ، އެ ތާރީޚުން ފެށިގެން އިންޓަރވިއުއަށް ތައްޔާރުވެ ރަށުގައި ހާޒިރުވެ ތިބުން އެދެެމެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި އޮންނަ އިންޓަވިއުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، ލަސްވެގެން 2014 ނޮވެންބަރު 13 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި ކޯޓުގެ ނަންބަރު:6740067 ފޯނަށް ގުޅައި ނަންނޯޓުކުރުން އެދެމެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާނަމަ، މިކޯޓުގެ ނަންބަރު:6740067 ފޯނަށް ގުޅުން އެދެމެވެ. ފެކްސް ނަންބަރަކީ 6740600 އެވެ. އަދި އީމެއިލް އެޑްރެހަކީ [email protected] އެވެ.

  3 މުޙައްރަމް 1436

27 އޮކްޓޫބަރު 2014