ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.
|
މަޤާމު
|
މާކެޓިންގ އެސިސްޓަންޓް
|
ޑިޕާޓްމަންޓް
|
ބިޒްނަސް ޑިވަލޮޕްމަންޓް އެންޑް މާރކެޓިންގ
|
މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން
|
އެސިސްޓަންޓް
|
މުސާރައާއި ޢިނާޔަތްތައް
|
މަހަކު -/8,000 އާއި -/12,000 ރުފިޔާއާއި ދެމެދު (ހާސިލުކޮށްފައިވާ ތައުލީމާއި މަސައްކަތުގެ ތަޖުރިބާއަށް ބިނާކޮށް)
|
ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން
|
ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)
|
ބޭނުންވާ އަދަދު
|
01
|
ޝަރުޠު
|
- މާކެޓިންގ / ކޮމިއުނިކޭޝަންސް / ޕަބްލިކް ރިލޭޝަންސްއާއި ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ އޭ. ލެވެލް 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއިއެކު މަދުވެގެން 01 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
- ޖީ.ސީ.އީ އޯލެވެލްގެ 3 މާއްދާއިން ދަށްވެގެން "ސ" ފާސް ލިބިފައިވުމާއިއެކު މަދުވެގެން 02 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން
- އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
- އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
- މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
|
މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް
|
- މާކެޓިންގ ސްޓްރެޓަޖީތަކާއި ޕްލޭންތައް މެނޭޖްކޮށް، އަދި ޕްލޭންތަކާއި އެއްގޮތަށް ކަނޑައެޅިފައިވާ މުއްދަތުގައި ތަންފީޒުކުރުމަށް އެހީތެރިވުން.
- މިކޯޕަރޭޝަނާއި އެކު އެއްބަސްވެފައިވާ މީޑިއާ ޕާޓްނަރުންގެ އިންވޮއިސިންގެ މަސައްކަތް ސުޕަވައިޒަރުގެ އިރުޝާދުގެ ދަށުން ބެލެހެއްޓުމާއި، އަދި އެފަރާތްތަކުން އެއްބަސްވެފައިވާގޮތަށް މަސައްކަތްތައް ވިލަރެސްކުރުން.
- ކޯޕަރޭޝަންގެ މާކެޓިންގ ޕްލޭނިންގް މަސައްކަތްތަކަށް އެހީތެރިވެދީ، ޑިވެލޮޕްކުރުމުގައި ބައިވެރިވުން
- ޕްލޭންތައް މޮނިޓަރ ކުރުން އަދި އޭގައި ހިމެނޭ ގޮތަށް އެކަންކަން ތަންފީޒުކުރުމުގައި އަމަލީ ގޮތުން ބައިވެރިވުން.
- ކޯޕަރޭޝަންގެ ޚިދުމަތުގެ ދާއިރާގެ ތެރެއިން ކަމާބެހޭ ސްޓޭކްހޯލްޑަރުންނާއި ޕާޓްނަރުންނަށް ސުޕަވައިޒަރ ގެ ލަފާގެ މަތިން އިނގިރޭސި، އަދި ދިވެހި ބަހުން މުޢާމަލާތުކުރުން
- ކޯޕަރޭޝަނުން އާންމުންނަށް ފޯރުކޮށްދޭ ޚިދުމަތް އިތުރަށް ތަރައްޤީކުރުމަށް ކަމާބެހޭ މާކެޓް ރިސާޗްތައް އެކުލަވާލުމުގެ މަސައްކަތްކުރުން.
- ކޯޕަރޭޝަންގެ މިހާރުގެ ހިދުމަތްތައް ހަރުދަނާކުރުމަށާއި އާންމުންނަށް ފޯރުކޮށްދޭ ޙިދުމަތްތައް ތަރައްގީކޮށް އާ ހިދުމަތެއް އުފެއްދުމަށްޓަކައި އުފެއްދުންތެރި އަދި އިނޮވޭޓިވް ހޯދުން
- ކޯޕަރޭޝަން ކުރިއެރުވުމަށްޓަކައި ކުންފުނީގެ ޕަބްލިކް ރިލޭޝަންސް ޓީމްއާއި ގުޅިގެން މަސައްކަތްކުރުން
- މީޑިއާތަކަށް ކަމާބެހޭ ރިޕޯޓްތަކާއި ނޫސްބަޔާންތައް ތައްޔާރުކޮށް، ނިއުސް ބްރީފިންގ ލިޔުމާއި، ޓީވީ، ރޭޑިއޯ އަދި އެހެނިހެން މީޑިއާގެ ވަސީލަތްތަކުގައި ބައިވެރިވެ ހުށަހެޅުމާއި، ކޯޕަރޭޝަނުން ބޭނުންވާ ކަންކަމުގައި މީޑިއާއާ ވިލަރެސްކުރުން.
- ކޯޕަރޭޝަން އާއި ގުޅޭގޮތުން މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢުކޮށްފައިވާ ޚަބަރު، ފޮޓޯ އަދި ގެލެރީތައް އާކައިވް ކުރުމާއި ބެލެހެއްޓުން.
- ކޯރޕަރޭޝަނުން ކުރިއަށްގެންދާ އާންމުންނާއި ގުޅުންހުރި ހަރަކާތްތައް ވިލަރެސްކުރުމާއި އެކު އަމަލީގޮތުން އެކަމުގައި ބައިވެރިވުން.
- ބިޒްނަސް ޑިވެލޮޕްމަންޓް ޔުނިޓްގެ މަސައްކަތްތަކުގެ ތެރެއިން ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރގެ ލަފާގެ ދަށުން ކުރިއަށްގެންދިއުން
- ކޯޕަރޭޝަނުން ހިންގާ އިންޓާނަލް ހަރަކާތްތަކާއި، އަދި ކޯޕަރޭޝަންގެ އިސްވެރިން ހިމެނޭ އިވެންޓްތަކުގެ ފޮޓޯ/ވީޑިއޯ ނެގުމާއި އަދި ކަވަރޭޖް މީސްމީޑިއާގައި ދައުރުކުރުން.
- މީގެ އިތުރުން ކޯރޕަރޭޝަނުން ހަވާލުކުރާ އެހެނިހެން މަސައްކަތް ކުރުމުގައި އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުން.
|
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:
|
- މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
- ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
- އިންޓަރވިއު
- ގްރެފިކް ޑިޒައިނިންގ ދާއިރާއިން ތަޖުރިބާ ހުރުން
|
ހުށަހަޅަންޖެހޭ ތަކެތި:
|
- ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.)
- ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ
|
ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:
|
2022 އޮކްޓޯބަރ 16 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން. ނުވަތަ [email protected] އަށް މެއިލްކުރުން.
|
އިންޓަރވިއު:
|
- އިންޓަރވިއުއާއި އިމްތިޙާނުކުރުން ސެޕްޓެންބަރު/އޮކްޓޫބަރު މަސް ތެރޭގައި ކުރިއަށް ގެންދެވޭނެވެ.
|
އިތުރު މަޢުލޫމާތު:
|
ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް – ނަންބަރު 3025803 ފޯނަށް ގުޅުއްވުން އެދެމެވެ.
|
13 ރަބީޢުލްއައްވަލު 1444
09 އޮކްޓޯބަރ 2022
|