ކުއްޔަށް ދިނުން
ނަންބަރު: 116-CMS/IL/2014/81
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:51
ސުންގަޑި: 09 ނޮވެންބަރު 2014 15:30
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
މިވަގުތު ހުސްވެފައިވާ ޓޫރިސްޓް ރިޕެރެސެންޓޭޓިވް ކައުންޓަރުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގެ އެރައިވަލް ޓަރމިނަލް ސަރަހައްދުގައި މިވަގުތު ހުސްވެފައިވާ ޓޫރިސްޓް ރިޕެރެސެންޓޭޓިވް ކައުންޓަރުތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ ޓޫރިސްޓް ރިޕެރެސެންޓޭޓިވް ކަަަައުންޓަރުތަކުގެ ތެރެއިން މިވަގުތަށް ހުސްކޮށްހުރި ކައުންޓަރުތައް ބީލަމުގެ އުސޫލުން ކުއްޔަށް ހިފަން ޝަރުޠު ހަމަވާ ކުންފުނިތަކަށް ބީލަން ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

  1.  ޓޫރިސްޓް ރިޕެރެސެންޓޭޓިވް ކަަަައުންޓަރުތައް ހުންނަތަން / ޒޯން އަދި އެންމެ ކުޑަކޮށް ބިޑް ކުރެވޭނެ މަހުކުލި

މިކުންފުނިންދޭ ޓޫރިސްޓް ރިޕެރެސެންޓޭޓިވް ކަަަައުންޓަރުތައް ހުންނަ ތަނަކީ އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއަރޕޯޓްގެ އިންޓަރނޭޝަނަލް އެރައިވަލް ޓަރމިނަލްގައި ހުންނަ ޒޯނުތައް ހުރި ޖާގައެކެވެ.

ތަން / ޒޯން

ބިޑް ކުރެވޭނެ އެންމެ ކުޑަ މަހުކުލި

ކުރިމަތިލެވޭ ފަރާތް

ޒޯން އޭ، އަދި ބީ

2000 އެމެރިކާ ޑޮލަރު

ރާއްޖޭގައި ރިޒޯޓް ހިންގާ ކުންފުންޏަކަށް

ޒޯން ޑީ އަދި އީ

1500 އެމެރިކާ ޑޮލަރު

ރާއްޖޭގައި ރިޒޯޓް ހިންގާ ކުންފުންޏަކަށް

ޒޯން އެޗް

1000 އެމެރިކާ ޑޮލަރު

ރާއްޖޭގައި ހިންގާ ޓޫރިސްޓް ހޮޓާތަކަށް

ޒޯން ޖީ 

1000 އެމެރިކާ ޑޮލަރު

ރާއްޖޭގައި ޓްރެވެލް އެޖެންޓް / ޓުއަރ އޮޕަރޭޓަރ

ޒޯން ސީ އަދި އެފް

500 އެމެރިކާ ޑޮލަރު

ރާއްޖޭގައި ހިންގާ ޓޫރިސްޓް ހޮޓާ، ޓްރެވަލް އެޖެންޓް / ޓުއަރ އޮޕަރޭޓަރ 

2.  ބީލަން ހުށަހަޅާ ފަރާތްތަކުގައި ހުރުން ލާޒިމް ޝަރުތުތައް

   2.1.  ބީލަމުގައި ބައިވެރިވެވޭ ފަރާތަކީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވަލޮޕްމަންޓްގަަަަައި ރަޖިސްޓަރީކޮށްފައިވާ ކުންފުނިތަކެއް ނުވަތަ ރިޒޯޓް، ހޮޓެލް އަދި ޓުއާރ އެޖެންސީއެއް ހިންގުމަށް ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް ޓޫރިޒަމުން ލައިސެންދީފައިވާ ކުންފުންޏެއް ކަމުގައިވާންވާނެއެވެ.

   2.2.  މި އެއާރޕޯޓުން ޓޫރިސްޓް ރިޕްރެޒެންޓޭޓިވް ކައުންޓަރެއް ލިބިފާއިވާ ފަރާތަކަށް ނުވުން.

   2.3.  ބީލަމަށް ކުރިމަތިލާ ކުންފުނީގެ އަސާސީ ގަވާއިދުގެ މަޤުސަދުތަކުގެ ތެރޭގައި ރިޒޯޓު، ހޮޓަލް އަދި ޓުއަރ އޮޕަރޭޓަރ ނުވަތަ ޓްރެވަލް އެޖެންސީ ހިންގުން ހިމަނާފައިވުން.

   2.4.  މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީގައި ޓީ.ޖީ.އެސް.ޓީ އަށް ރަޖިސްޓަރީ ކޮށްފާއިވާ ކުންފުންޏަކަށް ވުން.

3.  ބީލަންފޮތްލިބޭނެގޮތް

   ބީލަން ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް މިކުންފުނިން ސީރިއަލް ނަންބަރު ދީފައިވާ ބީލަން ފޮތެއް 2 ނޮވެންބަރު 2014 އިން 9 ނޮވެންބަރު 2014 ގެ ނިޔަލަށް، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ 9:00 އިން 15:30 އާއި ދެމެދުގެ ވަގުތުތަކުގައި މިކުންފުނީގެ ކޮމާޝަލް އެންޑް މާރކެޓިންގް ބިލްޑިންގްގެ ފުރަތަމަ ފަންގިފިލާ (މެޓް އޮފީހުގެ ދެކުނު ފަރާތުގައިވާ އިމާރާތުން) އިން ގަންނަަން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/2،000 (ދެހާސް) ރުފިޔާއެވެ. ބީލަން ފޮތް ވިއްކުމަށްފަހު އެފައިސާ އަނބުރާ ނުދެވޭނެއެވެ.

   ބީލަން ފޮތް ގަންނަންވާނީ ޓޫރިސްޓް ރިޕެރެސެންޓޭޓިވް ކަަަައުންޓަރުތައް ހިންގަން އެދި ބީލަން ހުށަހަޅާ ކުންފުނީގެ ނަމުގައެވެ. ބީލަންފޮތް ވިއްކާނީ ގަންނަން އެދޭ ކަމުގެ ކުންފުނީގެ ލެޓަރހެޑްގައި ލިޔެފައިވާ ސިޓީ އާއި ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީ ހުށަހެޅުމުންނެވެ. ބީލަންފޮތް ދޫކުރާނީ ގަންނަން އެދޭ ކުންފުނީގެ ފަރާތުން އަންނަ މީހެއްގެ އައިޑީ ކާޑާއެކު ފޮތުގެ އަގު ނަގުދު ފައިސާއިން މިކުންފުންޏަށް ހުށަހެޅުމުންނެވެ.

4.  ޕްރީބިޑް ބައްދަލުވުން (މަޢުލޫމާތު ދިނުމުގެ ބައްދަލުވުން)

   ބީލަން ހުށަހެޅުމާ ގުޅޭގެތުން އިތުރު މައުލޫމާތު ދިނުމަށް 12 ނޮވެންބަރު 2014 ވަނަ ދުވަހުގެ 10:00 ގައި ޕްރީބިޑް ބައްދަލުވުމެއްް މި ކުންފުނީގެ ކޯޕަރޭޓް އޮފީހުގެ ފުރަތަމަ ފަންގިފިލާގެ ކޮންފަރަންސް ރޫމްގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބީލަންފޮތް ގަންނަ އެންމެހައި ފަރާތް ތަކުން މި ބައްދަލުވުމުގައި ބައިވެރިވުމަކީ އެދެވިގެންވާކަމެކެވެ.

5.  ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

   ބީލަން ހުށަހެޅުމުގެ ސުންގަޑި ހަމަވާނީ 19 ނޮވެންބަރު 2014 ވަނަ ދުވަހުގެ 10:00 ގައެވެ. އަދި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 ނޮވެންބަރު 2014 ވަނަ ދުވަހުގެ 10:15 ގައި، ބީލަން ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ބީލަން ހުޅުވުމުގެ ހަފްލާގައި ބައިވެރިވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަން ހުށަހަޅަންޖެހޭ ދުވަހަށް ނުވަތަ ތަނަށް ބަދަލެއް އަތުވެއްޖެނަމަ 18 ނޮވެންބަރު 2014 ގެ ކުރިން މި ކުންފުނިން ބީލަންފޮތް ގަނެފައިވާ އެންމެހާ ފަރާތްތަކަށް އަންގާނެއެވެ.

6.  ބިޑް އިވެލުއޭޝަން ކްރައިޓީރިއާ

    ރިޒޯޓް އަދި ޓޫރިސްޓް ހޮޓާތަކުގެ ބިޑް އިވޭލުއޭޓް ކުރާ ކްރައިޓީރިއާ

    -  ބީލަން ހުށަހަޅާ ކުންފުނިތަކުން ހިންގާ ރިޒޯޓުތަކުގެ ކޮޓަރީގެ އަދަދު – 25 މާކުސް      

    -  ރިޒޯޓް ނުވަތަ ހޮޓަލްގެ "ބްރޭންޑް" – 15 މާކުސް

    -  ބީލަމަށް ކުރިމަތިލާ ފަރާތުން ހުށަހަޅާ އަގު – 60 މާކުސް

    -  ރިޒޯޓް، ޓޫރިސްޓް ހޮޓާގައި ހުރި ކޮޓަރީގެ އަދަދު – 25 މާކުސް

    ޓްރެވަލް އެޖެންޓް / ޓުއަރ އޮޕަރޭޓަރތަކުގެ ބިޑް އިވޭލުއޭޓް ކުރާ ކްރައިޓީރިއާ

    -  ކުންފުނީގެ މާލީ ތަނަވަސްކަން – 15 މާކުސް

    -  ބީލަމަށް ކުރިމަތިލާ ފަރާތުން ހުށަހަޅާ އަގު – 60 މާކުސް

7.   ބީލަން ގަތުމާއި ހުށަހެޅުމާ ބެހޭގޮތުން އިތުރުމައުލޫމާތު ހޯއްދެވުމަށް:

       ކޮމާޝަލް އެންޑް މާރކެޓިންގް

       މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް

       ހުޅުލެ 22000

       ދިވެހިރާއްޖެ

       ފޯން: 3337156، 3337493، 3322068، 3337492

       އީ-މެއިލް: [email protected]

27 އޮކްޓޫބަރު 2014