ވަޒީފާގެ ފުރުޞަތު
ނަންބަރު: MIFCO/I/2014/24
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 17:00
ސުންގަޑި: 09 ނޮވެންބަރު 2014 14:30
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އައި.ޓީ ޓެކްނީޝަން

މަޤާމު:އައި.ޓީ ޓެކްނީޝަން

ބޭނުންވާ އަދަދު: 1

މަސައްކަތްކުރަންޖެހޭތަން: ކޫއްޑޫ ސެންޓަރ

ބޭސިކް މުސާރަ: 8000.00 ރުފިޔާ

އޮޕަރޭޝަނަލް އެލަވަންސް: 3200.00 ރުފިޔާ  (މުސާރައިގެ %40)

އެޓެންޑެންސް އެލަވަންސް: 1600.00 ރުފިޔާ (މުސާރައިގެ %20)

ސެޓުފިކެޓު އެލަވަންސް: 1600.00 ރުފިޔާ (މުސާރައިގެ %20)

ފެންވަރު ނުވަތަ ޝަރުޠު: އައި.ޓީ ދާއިރާއިން ޑިޕްލޮމާ ހާސިލު ކޮށްފައިވުމާއެކު 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަތީގައި ދެންނެވިފައިވާ މަޤާމުގައި މަސައްކަތް ކުރާ މުވައްޒަފަކަށް އިތުރުގަޑީގައި މަސައްކަތް ކުރުމުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސް ތަކުގައި މަސައްކަތް ކުރުމުން ހޮލިޑޭ އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މަސްއޫލިއްޔަތު:

- ނެޓްވޯރކް މެއިންޓެއިންކޮށް ބެލެހެއްޓުން.

- މެއިން ސާވާރގެ މަސައްކަތްތައް މެއިންޓެއިންކޮށް ބެލެހެއްޓުން.

- ކޮމްޕިއުޓަރުތަކަށް ދިމާވާ މަސައްލަތައް ޙައްލުކުރަން އެގުން.

     މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 14:30 ގެ ކުރިން، ލިބިލައްވާފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ފޮޓޯކޮޕީ އާއި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އަދި ވަޒީފާއަށް އެދޭ ފަރާތުގެ ކަރިކިއުލަމް ވިޓާ (ސީ.ވީ) އާއެކު ވަޒީފާއަށް އެދި ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑްގެ ހެޑްއޮފީހަށް ސިޓީއަކުން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

            މި މަޤާމުތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނީ ހަމައެކަނި ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓު ކުރެވޭނީ ތަޢުލީ ސެޓުފިކެޓުތަކަށާއި ތަޖުރިބާއަށް ބަލައި އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށެވެ.

28 އޮކްޓޫބަރު 2014