މަސައްކަތް
ނަންބަރު: (IUL)265/265/2022/47
ޕަބްލިޝްކުރި ތާރީޚް: 09 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 12 އޮކްޓޫބަރު 2022 14:00
ތިލަދުންމަތީ ދެކުނުބުރީ ކުރިނބީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހދ.ކުރިނބީ ކައުންސިލަށް ޤާނޫނީ ލަފާދޭނެ ފަރާތެއް ހޯދުމަށް

މިކައުންސިލަށް ބޭނުންވާ ޤާނޫނީ ލިޔުންތައް ފަރުމާ ކޮށްދިނުމާއި، ޤާނޫނީ ލަފާދިނުމާއި، ކައުންސިލުން ދަޢުވާކުރަންޖެހޭ އަދި ކައުންސިލަށް ދަޢުވާލިބޭ މައްސަލަތަކުގައި ވަކާލާތުކުރުން ފަދަ ޤާނޫނީ މަސައްކަތް ކޮއްދޭނެ ފަރާތެއް ހޯދުމަށް މިއިދާރާއިން ކުރި ނަންބަރު 265/265/2022/12(IUL) އިޢުލާނާއިގުޅިގެން ހުށައަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީ އެ އިޢުލާން ބާޠިލްކުރުމަށްފަހު އަލުން އިޢުލާން ކުރަމެވެ. ވީމާ، މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދި ބިޑް ހުށަހެޅުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑު ރަޖިސްޓްރީކުރުން

ބިޑް ހުށަހެޅުއްވުން

12 އޮކްޓޯބަރ 2022 ގެ 14:00 ގެ ކުރިން

ތިރީގައިވާ އޮންލައިން ފޯމު މެދުވެރިކޮށް

https://bit.ly/3rI0kGS

17 އޮކްޓޯބަރ 2022 ގެ 13:00 ގައި

ހދ.ކުރިނބީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި

  • ބިޑާއިގުޅޭ މަޢުލޫމާތާއި އެހެނިހެން ލިޔެކިޔުންތަށް މި ޢިޢުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ.

ދެވިފައިވާ މުއްދަތުގައި ބިޑް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށާއި ގަޑިޖެހިގެން ބިޑް ހުށަހެޅުމަށް ހާޒިރުވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށްފައިވާ ސިޓީއަކާއިއެކު ފޮނުއްވުމަށް ދަންނަވަމެވެ.

މަސައްކަތާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6520036  އަށް ގުޅުއްވައި ނުވަތަ އީމެއިލް [email protected] އަށް މެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 އޮކްޓޫބަރު 2022