ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL) 138-ES1/138/2014/69
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 16:54
ސުންގަޑި: 12 ނޮވެންބަރު 2014 12:00
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ޕްރޮގުރާމުގެ ދަށުން އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ހުޅުމާލޭގައި އިމާރާތްކުރެވޭ ޔުނިޓުތަކުގެ މަޝްރޫޢަށް ކޮންޓްރެކްޓް އުސޫލުން 2 އަހަރުދުވަހުގެ މުއްދަތަށް ސައިޓް ސުޕަވައިޒަރެއް އަދި ޕްރޮޖެކްޓް އެސިސްޓެންޓެއް ހޯދުމަށް ބޭނުންވެއެވެ. މި މަޝްރޫޢާ ގުޅޭ އިތުރު ތަފުސީލު ތިރީގައި މިވަނީއެވެ.

މަސައްކަތް ކުރަންޖެހޭ ރަށް

ހައުސިންގ ޔުނިޓް އިމާރާތްކުރެވޭ ރަށް

މުވައްޒަފުން ބޭނުންވާ އަދަދު

ސުޕަވައިޒަރ

ޕްރޮޖެކްޓް އެސިސްޓަންޓް

ކ.ހުޅުމާލެ

ކ. ހުޅުމާލެ

1

1

ފެންވަރު ނުވަތަ ޝަރުޠު:

ސައިޓް ސުޕަވައިޒަރު

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 8 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

ޕްރޮޖެކްޓް އެސިސްޓެންޓް

- ސާނަވީ އިމްތިޙާނުން 3 މާއްދާއިން ދަށްވެގެން 'ސީ" ފާސް ލިބިފައިވުން. ނުވަތަ

- މަސައްކަތުގެ މަޤާމާ ގުޅޭ ދާއިރާއަކުން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

- ކޮންޓްރެކްޓް ކުރެވިފައިވާ މުއްދަތުތެރޭ މަސައްކަތަށް ފުރިހަމައަށް ވަގުތު ދެވޭ ފަރާތަކަށްވުން.

- ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތްކުރަން އެނގުން.

- މައިކްރޯސޮފްޓް އޮފީސް ޕެކޭޖްގެ ޕްރޮގުރާމުތައް ރަނގަޅަށް އެނގުން.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 12 ނޮވެންބަރު 2014 ވާ ބުދަދުވަހުގެ 12:00ގެ ކުރިން ތިރީގައި ދެންނެވިފައިވާ އެޑްރެހަށް އެޕްލިކޭޝަންތައް ފޮނުއްވައިދެއްވުން އެދެމެވެ. އެޕްލިކޭޝަނާއެކު ވަނަވަރު، އައި.ޑީ ކާޑު ކޮޕީ، އެކްރެޑިޓް ކުރެވިފައިވާ ތަޢުލީމި ސެޓުފިކެޓުތަކާއި މަސައްކަތުގެ ތަޖުރިބާއާ ޤާބިލުކަން އަންގައިދޭ އެންމެހާ ލިޔެކިޔުންތައް ހިމަނުއްވައިދެއްވުން އެދެމެވެ. މި ވަޒީފާއާ ގުޅޭ "ޓާރމްސް އޮފް ރިފަރެންސް" (ޓީ.އޯ.އާރު) ބޭނުންފުޅުވާ ފަރާތްތަކުން، ތިރީގައިވާ އެޑްރެހަށް އީމެއިލް ކުރެއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ

އަމީނީ މަގު، 20329 މާލެ / ދިވެހިރާއްޖެ

ފޯން:  3004172 / 3004300

ފެކްސް:  3004301    

[email protected] އީމެއިލް

www.housing.gov.mv ވެބްސައިޓް

28 އޮކްޓޫބަރު 2014