ބީލަން
ނަންބަރު: (IUL)237-C/237/2022/27
ޕަބްލިޝްކުރި ތާރީޚް: 07 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 21:29
ސުންގަޑި:
16 އޮކްޓޫބަރު 2022 11:00
ނިލަންދެއަތޮޅު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް މި ކައުންސިލްގެ "މާގާ" ގޯތިން ބިން ކުއްޔަށްދޫކުރުމުގެ ބީލަން ހުށަހެޅުމަށް
އިޢުލާނު
ގެސްޓްހައުސްގެ ވިޔަފާރިކުރުމަށް މި ކައުންސިލްގެ "މާގާ" ގޯތިން 203 ފޫޓް ފުޅާ، 210 ފޫޓުގެ ދިގު، ޖުމްލަ 42,630 އަކަ ފޫޓުގެ ބިމެއް، އެތަނުގައި ހަދާފައިވާ 04 ކޮޓަރީގެ އިމާރާތާއިއެކު ކުއްޔަށް ދޫކުރުމަށް ބޭނުންވާތީ އެކަމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް މިކަމަށް އެދި ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
- މި ބީލަމުގައި ބައިވެރިވާންއެދޭ ފަރާތްތަކުން "މާގާ ގޯތިން ބިން ކުއްޔަށްދޫކުރުމުގެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" އޮންލައިންކޮށް (ލިންކް: http://tiny.cc/Maagaa) ފުރުއްވައި 2022 އޮކްޓޫބަރުގެ 27 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ފޮނުއްވަން ވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ހަމައެކަނި ބީލަމުގައި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 2022 ނޮވެންބަރު 16 ވާ ބުދަ ދުވަހުގެ 11:00 ގައި މިއިދާރާގައެވެ. ބީލަން އޮންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ގެސްޓްހައުސް ވިޔަފާރިކުރުމަށް މާގާ ގޯތިން ބިން ކުއްޔަށްދޫކުރުމުގެ ބީލަން" މިހެން ލިޔެފައި އޮންނަންވާނެއެވެ.
- ހުށަހަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލާމާއިއެކު ހުށަހަޅަންޖެހޭ ތަކެތީގެ ތަފްޞީލް އަދި ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް މި އިޢުލާނާއިއެކުގައިވާ މަޢުލޫމާތު ކަރުދާހުގައި ހިމަނާފައި ވާނެއެވެ. އަދި މިމާޢުލޫމާތު ކަރުދާސް މިއިދާރާގެ ވެބްސައިޓުން(www.faafu.gov.mv) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް ބޭނުންފުޅުވާނަމަ، ރަސްމީ ގަޑީގައި މިއިދާރާގެ ފޯން ނަމްބަރު: 6740017 އަށް ގުޅުއްވުން އެދެމެވެ.
07 އޮކްޓޫބަރު 2022