ދިވެހިރާއްޖެ
މަޤާމު: ޕަބްލިކް ޕްރޮސިކިއުޓަރ (ގްރޭޑް 1)
ބޭނުންވާ އަދަދު: 01
މުސާރަ: -/11,158 ރުފިޔާ
ލިވިންގ އެލަވަންސް: -/3,000 ރުފިޔާ
ރިސްކް އެލަވަންސް: -/2,000 ރުފިޔާ
މަސައްކަތް ކުރަންޖެހޭ ތަން: ލ. އަތޮޅު ގޮފި/ ގަމު
މަޤާމުގެ މަސްއޫލިއްޔަތު: މި އޮފީހަށް ހުށަހަޅާ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ ޤާނޫނީ މަސައްކަތްތައް ކުރުން.
ފެންވަރު ނުވަތަ ޝަރުޠު: ޤާނޫނީ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން. (ކޯހުގެ ކިޔެވުން ފުރިހަމަކުރުމަށްފަހު، ސެޓުފިކެޓު ނުލިބޭ ފަރާތްތަކުން ވަގުތީ ނަތީޖާތައް ހުށަހެޅިދާނެއެވެ.)
އިތުރު އެލަވަންސް: މި މަޤާމަށް ޕްރެކްޓިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %55 އާއި، ސަރވިސް އެލަވަންސްގެ ގޮތުގައި އޮފީހަށް ހާޒިރުވާ ކޮންމެ ދުވަހަކަށް މަހަކު -/150 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތް ކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވަނަ ދުވަހުގެ 14:00 ގެ ކުރިން މި އޮފީހަށް ސިޓީ ފޮނުއްވުން އެދެމެވެ. ސިޓީ ފޮނުއްވާއިރު ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ވަނަވަރަކާއި އައި.ޑީ ކާޑުގެ ކޮޕީ ފޮނުއްވުން އެދެމެވެ. ފެކްސް ނުވަތަ އީމެއިލް މެދުވެރިކޮށް ފޮނުވާ ސިޓީވެސް ބަލައިގަނެވޭނެއެވެ. (ފެކްސް ނަންބަރު 3000644، އީމެއިލް [email protected])
04 މުޙައްރަމް 1436