ބީލަން
ނަންބަރު: (IUL)272-ESMS/272/2022/62
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 11 އޮކްޓޫބަރު 2022 13:00
މިލަދުންމަޑުލު އުތުރުބުރީ ނޫމަރާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ނޫމަރާ ޕްރީސްކޫލް" ވަށާފާރު ރާނާ ސިމެންތިޖަހާނެ ފަރާތެއް ހޯދުމާބެހޭ

 

 

 

(IUL)272-CA/272/2022/62: ނަންބަރު

 

އިޢުލާން

 

 

 

"ނޫމަރާ ޕްރީސްކޫލް" ވަށާފާރު ރާނާ ސިމެންތިޖަހާނެ ފަރާތެއް ހޯދުމާބެހޭ

 

                  މި ކައުންސިލްގެ ނަންބަރު (IUL)272-CA/272/2022/56 (13 ސެޕްޓެމްބަރ 2022) އިޢުލާނާ ގުޅިގެން، ހުށަހަޅާފައިވާ ބީލަމުގެ އަގު ބޮޑުކަމަށް ފާހަގަކުރެވޭތީ އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

 

 

 

މިކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް އަމިއްލަ ޚަރަދުގައި "ނޫމަރާ ޕްރީސްކޫލް" ގެ ވަށާފާރު ރާނާ ސިމެންތި ޖަހައި ކުލަލައިދޭނެ ފަރާތެއް ހޯދަންބޭނުންވެއެވެ. ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ށް ކައުންސިލް އިދާރާއަށް ވަޑައިގެން ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

މި ބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ ޤާނޫނު ނަމްބަރު: 2014/18 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވަލޮޕްމަންޓްގައި ރަޖިސްޓްރީވެފައިވާ ކުންފުނިތަކަށާއި ޤާނޫނު ނަމްބަރު: 2014/19 (އަމިއްލަފަރުދުންގެ ވިޔަފާރި ޤާނޫނު) ގެ ދަށުން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ.

 

މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށާއި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާކޮށްފައިވާ ސިޓީ އަކާއެކު، ބަދަލުގައި ވަޑައިގަންނަވާ ކުންފުނި ނުވަތަ ވިޔަފާރި ރަޖިސްޓްރީގެ ކޮޕީ އަދި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ކޮޕީ ހުށަހަޅަން ވާނެއެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރި ނުވާ ފަރާތްތަކަށް އަންދާސީ އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެންނެތް ވާހަކަ ދަންނަވަމެވެ. އަދި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބާޠިލުވާނެ ވާހަކަ ވެސް ދަންނަވަމެވެ.

 

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

 

10 ރަބީޢުލްއައްވަލް 1444

 

06 އޮކްޓޯބަރ 2022

 

06 އޮކްޓޫބަރު 2022