ދިވެހިރާއްޖެ
- މިކޯޓުގެ ތިރީގައިވާ މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
1.1. ރިސެޕްޝަން ހެދުމުގެ މަސައްކަތް
1.2. ކޯޓުގެ ކޯޓުރޫމް ހެދުމުގެ މަސައްކަތް
1.3. ކޯޓުގެ މެޖިސްޓްރޭޓް ރޫމް ހެދުމުގެ މަސައްކަތް
1.4. ކޯޓުގެ މެޖިސްޓްރޭޓް ރޫމްގެ ފާޚާނާ ހެދުމުގެ މަސައްކަތް
- މި މަސައްކަތް ހުޅުވާލެވިފައިވަނީ ތިރީގައި ބަޔާންކޮށްފައިވާ ފަރާތްތަކަށެވެ.
2.1- ވިޔަފާރި ރަޖިސްޓުރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓުރީ ކުރެވިފައިވާ ތިރީގައި ބަޔާންކުރާ ފަރާތްތަކުގެ ތެރެއިން 2.2 ގައި ބަޔާންކުރާ ފަރާތްތަކަށެވެ.
I. ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކުންފުނިތައް.
II. ޕާޓްނަރޝިޕް ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ޕާޓްނަރޝިޕްތައް.
III. ކޯޕަރޭޓިވް ސޮސައިޓީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ ކޯޕަރޭޓިވް ސޮސައިޓީތައް.
IV. އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނުގެ ދަށުން ރަޖިސްޓުރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރިތައް.
2.2- 2.1 ގައި ބަޔާން ކުރާ ފަރާތްތަކުގެ ތެރެއިން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތައް
- މިމަސައްކަތާއި ގުޅޭ ތަފްޞީލް މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އޮކްޓޯބަރ 11 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.މައުލޫމާތު ބައްދަލުވުމަށް ހާޟިރުނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ.
- ބީލަން ހުށައެޅުމާއި ބީލަން ހުޅުވުމުގެ ބައްދަލުވުން އޮންނާނީ 2022 އޮކްޓޯބަރ 18 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިކޯޓު (ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު) ގައެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ހދ.ނޮޅިވަރަމު މެޖިސްޓްރޭޓް ކޯޓު، ހދ. ނޮޅިވަރަން ، ދިވެހިރާއްޖެ ، ފޯން: 6521679 ، 6528958 [email protected]