ދިވެހިރާއްޖެ
އިޢުލާން
އަންދާސީ ހިސާބު ބޭނުންވެއްޖެ:
ހއ، ށ، ނ، ބ، ދ އަދި ޏ އަތޮޅުގައި ހިންގަމުންދާ ފެލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރުގައި ސީ.ސީ.ޓީ.ވީ ކެމެރާ ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)459-PL/459/2022/84 (05 އޮކްޓޫބަރ 2022) އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުގެނެވިފައިވާތީ އަލުން މި ފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން، މައުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ތާވަލާއި އެއްގޮތަށް މި މިނިސްޓްރީއަށް ވަޑައިގެންދެއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް އަދި ހުށަހަޅަންޖެހޭ ލިޔުންތައް ހަމަނުވާ އަންދާސީ ހިސާބުތައް ބާތިލްކުރެވޭނެ ވާހަކަ ދެންނެވީމެވެ.
|
ތާރީޚް |
ދުވަސް |
ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން |
09 އޮކްޓޫބަރ 2022 |
އާދިއްތަ |
13:00 |
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިނގުން |
އަންދާސީ ހިސާބު ހުށައެޅުއްވުން |
16 އޮކްޓޫބަރ 2022 |
އާދިއްތަ |
10:00 |
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް މ.ސީޓްރެކް ބިލްޑިންގ (07 ވަނަ ފަންގިފިލާ) / ގުރާބުތުނޑި ހިނގުން |
މިކަމަށް އަންދާސީ ހިސާބު ހުށަހެޅޭނީ މަތީގައި ދެންނެވިފައިވާ ވަގުތަށް މައުލޫމާތު ސާފުކުރެއްވުމަށް މ.ސީޓްރެކް ބިލްޑިންގ (7 ވަނަ ފަންގިފިލާ / ގުރާބުތުނޑި ހިނގުން)އަށް ވަޑައިގެން ނަން ނޯޓްކުރައްވާ ފަރާތްތަކަށެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ހޯއްދެއްވުމަށް ގުޅުއްވާނީ 3027536 ނަންބަރު ފޯނާއެވެ. ނުވަތަ [email protected] އަށް މެއިލް ކުރެއްވުން އެދެމެވެ.