ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2022/282
ޕަބްލިޝްކުރި ތާރީޚް: 06 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:22
ސުންގަޑި: 13 އޮކްޓޫބަރު 2022 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުމާއި ގުޅޭ

ފުވައްމުލަކު ދަޑިމަގު އަވަށު ބިންގާ ގޯތީގެ އިރުދެކުނުން، ޝެއިލާ ގޯތީގެ ހުޅަގުދެކުނު ފަރާތުން އޮތް ހުސްބިމުގައި، ޝެއިލާ ގޯއްޗަށް ދަތިވާގޮތަށް ހުރި ނަންބަރު 01 ޖަހާފައިވާ ރުކުގެ ވެރި ފަރާތް ހޯދަން ބޭނުންވެއެވެ.

ވީމާ މި ރުކުގެ ވެރިފަރާތެއް ވާނަމަ 2022 އޮކްޓޫބަރު 13 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، ރުއްތައް ރަޖިސްޓްރީކޮށްފައިވާކަމުގެ ލިޔުމުގެ ކޮޕީއެއް ނުވަތަ މިލްކުވެރިކަން އަންގައިދޭ ލިޔުމުގެ ކޮޕީއެއް ފުވައްމުލަކު ސިޓީކައުންސިލް އިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

 

06 އޮކްޓޫބަރު 2022