ކުރަންޖެހޭ މަސައްކަތް:
- ޗާޕްކުރަންޖެހޭ ޓެސްޓް ޕޭޕަރުތަކާއި، ނޯޓިސްތަކާއި، ފޮޓޯކޮޕީ ހަދަންޖެހޭ ތަކެއްޗާއި، އެހެނިހެންތަކެތި، ކަނޑައެޅިފައިވާ ގަޑިއަކަށް ޗާޕުކޮށްފައި ހަވާލުކުރުން.
- ކޮންމެ އަހަރަކުވެސް، އެ އަހަރެއްގެ ޓީޗަރުންގެ ހޭންޑް ބުކް، ވެރިއެއްގެ ލަފާގެމަތިން ތައްޔާރުކޮށް ނިންމާފައި، ވެރިއަކާ ހަވާލުކުރުން.
- ބައިންޑުކުރުމާއި ލެމިނޭޓްކުރުމަށް ހަވާލުކުރެވޭތަކެތި، ކަނޑައެޅިފައިފާ ދުވަހަކަށް ނިންމައި ހަވާލުކުރުން.
- ޕްރިންޓިން ރޫމުގައި ހުންނަ ހުރިހާ މެޝިނަރީތަކާއި އެހެނިހެން ތަކެއްޗަށް ރައްކާތެރިވުމާއި، އެ ތަކެތި ބެލެހެއްޓުން.
- އޮފީހަށާއި، ޓިޗަރުންނަށް ބޭނުންވާ ތަކެތި ފޮޓޯކޮޕީ ހަދައިދިނުން.
- އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
______________________________________________________________________________________________________
ހުށަހަޅަންޖެހޭތަކެތި:
- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމް، ސްކޫލުގެ ކައުންޓަރުން ލިބެން ހުންނާނއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން ޑައުންލޯޑްކުރެވެން ހުންނާނެއެވެ.)
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު.
- ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތްކުރުމަށް އެއްބަސްވުމެއް އޮތް މުވައްޒަފުން، މި ވަޒީފާއަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
- ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ އަދި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ ސާފު ކޮޕީއެއް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު)
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެހާއެކު)
________________________________________________________________________________________
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުން: މި މަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ، މި ދާއިރާއިން ތަޖުރިބާހުރި، ހާޒިރީއާއި މަސައްކަތަށް ފަރުވާތެރި ފަރާތެކެވެ.
|