މަސައްކަތް
ނަންބަރު: GS-165/IUL/2022/12
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 12:41
ސުންގަޑި: 16 އޮކްޓޫބަރު 2022 10:45
ވޭވަށު ސްކޫލް
ދިވެހިރާއްޖެ
2022-2023 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ

 

                                            ނަންބަރ: GS-165/IUL/2022/12   

 2022-2023 ވަނަ އަހަރަށް ސުކޫލު ފެރީއެއް ހޯދުމާއި ބެހޭ !

 

                      މި ސްކޫލަށް 2022-2023 ވަނަ އަހަރު ފެރީއެއް ހޯދުމަށްޓަކައި ކުރި އިޢުލާން ނަންބަރު:  GS-165/IUL/2022/10އިޢުލާން ބާތިލްކޮށް އަލުން ފެރީއެއް ހޯދުމަށް އިޢުލާން ކުރަމެވެ. 2022-2023 ވަނަ އަހަރު މ.މުލަކު ސުކޫލް ތަޢުލީމު ޙާޞިލްކުރަމުންދާ  މ.ވޭވަށު ސެކަންޑަރީ ދަރިވަރުން މ.ވޭވަށުން މ.މުލަކަށް ކިޔަވަން ގެންދިއުމާއި ގެނައުމަށް ފެރީއެއް ހޯދަންބޭނުންވެއެވެ.

        މި މަސައްކަތަށް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނޫ (ޤާނޫނޫ ނަންބަރު:19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

        ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މިސުކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން ދަންނަވަމެވެ.

 

ތަފްޞީލް

ތަން

ތާރީޚް

ދުވަސް

ގަޑި

މަޢުލޫމާތު ދިނުމުގެ ބައްދަލުވުން

ވޭވަށު ސުކޫލް

10 އޮކްޓޯބަރ 2022

ހޯމަ

10:45

އަންދާސީ ހިސާބު ހުށައެޅުން

ވޭވަށު ސުކޫލް

16 އޮކްޓޯބަރ 2022

އާދިއްތަ

10:45

 

މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާއިރު މުއްދަތު ހަމަނުވާ އައިޑީކާޑު ހިއްޕަވައިގެން ވަޑައިގެންނެވުމަށާއި އެއްވެސް ފަރާތެއްގެ ބަދަލުގައި ވަޑައިގަންނަވާނަމަ އެކަން އެނގޭނެ ލިޔުމެއް ހިފައިގެން ހާޒިރުވުން އެދެމެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނަށް ހާޒިރުވެ ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށައެޅުއްވުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދަންނަވަމެވެ.

05 އޮކްޓޫބަރު 2022