ވަޒީފާގެ ފުރުޞަތު
ނަންބަރު: GS01/2014/ 47
ޕަބްލިޝްކުރި ތާރީޚް: 27 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 15:01
ސުންގަޑި: 06 ނޮވެންބަރު 2014 12:00
ބ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

ވަޒީފާގެ ފުރުސަތު

ތާރީޚު: 27 އޮކްޓޫބަރު 2014                                                  ނަންބަރ: GS01/2014/47

ބޭނުންވާ އަދަދު: 2 (ދޭއް)                  ގިންތި: ދާއިމީ

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް: ޖީ.އެސް. 4

ކްލެސިފިކޭޝަން: އޮފިސަރ ގްރޭޑް 2

ސެކްޝަން: ބަޖެޓް އަދި އެކަޑަމިކް

އޮފީސް: ބ. އަތޮޅު ތައުލީމީ މަރުކަޒު، ބ.އޭދަފުށި

ސަރވިސް އެލަވަންސް

މުސާރަ

ޝަރުޠު

-/1500

-/5020

  އެޑްމިނިސްޓްރޭޝަން/ މެނޭޖްމަންޓް ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ،

  މަތީ ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'އީ' ގްރޭޑް ލިބިފައިވުމާއެކު، ހަޔަރ ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

  ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި، ސެކެންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން ' ސީ' ގްރޭޑް ލިބިފައިވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމަންޓް ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

އެހެނިހެން ޢިނާޔަތްތައް: އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އަދި ސިވިލް ސަރވިސްގެ ޤަވާއިދުން މުވައްޒަފުންނަށް ދިނުމަށް ހަމަޖެހިފައިވާ ފައިސާ، ހަމަޖެހިފައިވާ އުސޫލުން ލިބޭނެއެވެ.

ވަޒީފާ އަދާކުރަންޖެހޭ ތަން: ބ. އަތޮޅު ތަޢުލީމީ މަރުކަޒު

ކުރަންޖެހޭ މަސައްކަތާއި، މަސްއޫލިއްޔަތާއި ވާޖިބުތައް:

1. ސްކޫލުގައި ހެދިފައިވާ ޑިއުޓީ ތާވަލުގައިވާ ގޮތުގެމަތިން އޮފީސް ހުޅުވައި ލެއްޕުން.

2. ދަރިވަރުންގެ ރަޖިސްޓްރީ ބެލެހެއްޓުމާއި، ދަރިވަރުންގެ އެކަޑަމިކް ރެކޯޑުތައް ބެލެހެއްޓުން.

3. ސްކޫލުގެ ވަސީލަތްތައް ބެލެހެއްޓުމާއި، ފައިސާއާބެހޭ މަސައްކަތް ކުރުން.

4. އިމްތިޙާންތަކާބެހޭ މަސައްކަތްކުރުމާއި، ރެކޯޑުތައް ބެލެހެއްޓުން.

5. އެއްތަނުން އަނެއްތަނަށް ފޮނުވާ ލިޔެކިއުންތައް ޓައިޕްކޮށް ފައިލުކޮށް ބެލެހެއްޓުން.

6. ސްޓޮކަށް ތަކެތި ހޯދުމާއި، ސްޓޮކް ބެލެހެއްޓުމާއި، ސްޓޮކުން ތަކެތި ދޫކުރުން.

7. މުވައްޒަފުންގެ ކަންކަން ބަލަހައްޓާ ސެކްޝަން ( ހިއުމަން ރިސޯސް) ގެ އެންމެހައި މަސައްކަތް ކުރުން.

8. ބިދޭސީ ޓީޗަރުންނާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްކުރުން.

9. ކިޔަވައިނުދޭ ދުވަސްތަކާއި، ބަންދު ދުވަސްތަކުގައި ސްކޫލްގައި ހިންގާ ހަރަކާތްތަކުގައި އޮފީސް ޑިއުޓީ ބެލެހެއްޓުން. 

ވަޒީފާއަށް އެންމެ ޤާބިލްފަރާތެއް ހޮވުމުގައި، ތައުލީމާއި ތަމްރީނާއި މަސައްކަތުގެ ތަޖުރިބާއަށާއި މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލްކަމާއި މަޤާމަށް ބޭނުންވާ ސިފަތަކަށް އިސްކަންދެވޭނެއެވެ.

އިންޓަވިއުކުރުން: މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2014 ނޮވެންބަރު 9 ވަނަ ދުވަހު ބ. އަތޮޅު ތައުލީމީ މަރުކަޒުގައެވެ.

ވަޒީފާއަށް އެދެންވީ ސުންގަޑި:  މި މަޤާމަށް ޝަރުޠުހަމަވާ ފަރާތްތަކުން 2014 ނޮވެންބަރު 6 ވާ  ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމުން މި ސްކޫލް އޮފީހަށް.

އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ، މި ސްކޫލުގެ ނަންބަރ 6608508 ފޯނަށެވެ.

ހުށަހަޅަންޖެހޭ ތަކެތި:

- ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް، ސްކޫލުގެ އޮފީހުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓް:www.csc.gov.mv ން ޑައުންލޯޑް ކުރެވޭނެއެވެ.)

- ސިވިލް ސަރވިސްއަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް (މި ސްކޫލުގެ މުވައްޒަފެއްނަމަ މި ލިޔުން ހުށަހަޅާކަށެއް ނުޖެހޭނެއެވެ.)

- ވަޒީފާއަށްއެދި ހުށަހަޅާއިރު، ވަޒީފާއަށްއެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ނުވަތަ ސެޓުފިކެޓްތައް ހުށަހަޅަންވާނީ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރުބަލައި، ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީއެވެ.

- ވަޒީފާއަށް އެދިހުށަހަޅާއިރު، ވަޒީފާއަށްއެދި ހުށަހަޅާ ފޯމުގައި ބަޔާންކޮށްފައިވާ ލިޔުންތައް އޭގެ އަސްލާ އެއްގޮތްކަން ކަށަވަރުކުރާނީ، އިންޓަވިއުއަށް ހޮވޭ މީހުންގެ އެކަންޏެވެ. އިންޓަވިއުއަށް ހާޒިރުވާއިރު، ހުށަހަޅާއިފާ ސެޓްފިކެޓްތަކުގެ އަސްލު ގެންނަންވާނެއެވެ.

- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީ.

- ވަޒީފާއަށް އެދޭފަރާތުގެ ވަނަވަރު (ސީވީ)

3 މުޙައްރަމް 1436

27 އޮކްޓޫބަރު 2014