މަސައްކަތް
ނަންބަރު: (IUL)326/PRIV/2022/25
ޕަބްލިޝްކުރި ތާރީޚް: 05 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:32
ސުންގަޑި: 18 އޮކްޓޫބަރު 2022 10:00
ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި އިޢުލާންވަނީ 05 އޮކްޓޫބަރު 2022 08:34 ގައި ބާތިލް ކުރެވިފައެވެ.


ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ,

ޅ. ހިންނަވަރު، ދިވެހިރާއްޖެ.

އިޢުލާން

އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

މި ކައުންސިލް އިދާރާއިން ދޭ ނަމޫނާއާއި އެއްގޮތަށް އަމިއްލަ ތަކެތީގައި، އެއްގަމުގައިދުއްވާ އިންޖީނުލީ އުޅަނދުފަހަރު ދުއްވުމުގެ އަމަލީ އިމްތިހާން ހެދުމަށް ބޭނުންވާ ޑްރައިވިންގ ޓްރެކް ތައްޔާރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ޕުރީބިޑު މީޓިންގ / މަޢުލޫމާތު ސާފުކުރުން

  •  މި އިޢުލާނާއިއެކު، މަޢުލޫމާތު ކަރުދާހާއި، ބިޑް ފޯމް އެޓޭޗްކުރެވިފައިވާނެއެވެ.
  • އަދި އިތުރު މަޢުލޫމާތު ސާފުކުރުމަށް ބޭނުންވާ ފަރާތްތަކަށް ބާއްވާ ބައްދަލުވުމެއް 11 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި، ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި އޮންނާނެއެވެ.
  • ބިޑް / އަންދާސި ހިސާބު ހުށަހަޅާ ފަރާތްތަކުން، މި ބައްދަލުވުމުގައި ބައިވެރިވުން ލާޒިމެއް ނޫނެވެ.

ބިޑު (އަންދާސީ ހިސާބު) ހުށަހެޅުން

  • ބިޑް / އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 18 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 10:00 ގައި ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.
  • ބިޑްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 

 

 

އިތުރު މަޢުލޫމާތު:

އެކޮނޮމިކް ޑެވެލޮޕްމެންޓް އެންޑް ސޯޝަލް ސަރވިސް ޔުނިޓް

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ

ޅ. ހިންނަވަރު، ދިވެހިރާއްޖެ،

ފޯން: 6622719 ނުވަތަ 6620301 (ރަސްމީ ގަޑީގައި)                                                                         

އީމެއިލް: [email protected]

 

05 އޮކްޓޫބަރު 2022