ދިވެހިރާއްޖެ
ގެސްޓްބީޗް މަސައްކަތް ކުރައްވާނެ ވަގުތީ މުވައްޒަފު ނެގުމާއިގުޅޭ
މިކައުންސިލްގެ ބެލެހެއްޓުމުގެ ދަށުގައިވާ ގެސްޓްބީޗް މަސައްކަތް ކުރައްވާ މުވައްޒަފު ޗުއްޓީ ނެންގެވުމުން ވަގުތީ ގޮތުން މަސައްކަތް ކުރާނެ މުވައްޒަފެއް ހޯދަން ބޭނުންވާތީ ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއްޖެއެވެ.
މަޤާމު: ކައުންސިލް އެސިސްޓެންޓް (ވޭޖް)
ބޭނުންވާ ޢަދަދު: 1 (އެކެއް)
ވަޒީފާ އަދާކުރަން ޖެހޭ ތަން: އަރިއަތޮޅު އުތުރުބުރީ ބޮޑުފޮޅުދޫ ކައުންސިލްގެ އިދާރާ
ގެސްޓް ބީޗް
ވަޒީފާ އަދާކުރާ ވަގުތު: ހެނދުނު 6:00 މެންދުރުފަހު 11:00 އަށް.
އަސާސީ މުސާރަ :
މަހަކު -/7000 (ހަތްހާސް ރުފިޔާ)
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
1. ކޮންމެދުވަހަކުވެސް މަދުވެގެން އެއްފަހަރު ބީޗް ކުނިކަހައި ސާފުކުރުމާއެކު ބީޗްގައިހުންނަ ކުދި، ބޮޑު ގައުތައް ނަގައި ސާފުކުރުން.
2. ބީޗަށް ލައްގާ އެކިބާވަތްބާވަތުގެ ކުނި، މަދުވެގެން ދުވާލަކު އެއްފަހަރު ނަގައި ސާފުކުރުން.
3. ބީޗްގައި ބަހައްޓާފައިހުންނަ ގޮނޑި، މޭޒު ފަދަތަކެތި މަދުވެގެން ދުވާލަކު އެއްފަހަރު ފޮޅައި، ސާފުކޮށް އަދި ތަރުތީބު ކުރުން.
4. ބީޗްގައި ހުރި ގަސްތަކުން ތިރިޔަށް އެލިފައިހުންނަ އަދި އެލެމުން ނުވަތަ ތިރިވަމުންދާ ގޮފިތައް ކަނޑައި، ސާފުކޮށް އުކުން.
5. ކޮންމެ ދުވަހެއްގެވެސް ހަވީރު 5:30 އާއި ރޭގަނޑު 7:00އާއި ދެމެދު ބީޗްގައި ބަހައްޓާފައި ހުންނަ ގޮނޑި، މޭޒްފަދަ ތަކެތި (މޫދަށް އޮޔާނުދާނެހެން) އެއްގަމަށް އެރުވުން.
6. ކޮންމެ ދުވަހެއްގެ ހެނދުނު 9:00ގެ ކުރިން ސޮއިކުރަން ކަނޑައެޅިފައިވާ އިދާރާއަކަށް ދުރުވެ އެދުވަހަކު ހާޒިރުވިކަމުގެ ސޮއި ކުރުން.
7. މަލްޓީޕާރޕޯސް ރޫމާއި ގޯތިތެރެ ހަފްތާޔަކު ދެފަހަރު ސާފު ކުރުން.
8. މަލްޓި ޕާރޕޯސް ރޫމުގައި ޙަރަކާތެއް ހިންގައި ޖަމާވާ ކުނިބުނި ކުނި ގޮނޑަށް ގެންދިއުމާއި ، ތަން ސާފުކުރުން.
9. ކައުންސިލުން ކަނޑައަޅަ ގޮތެއްގެ މަތިން ގެސްޓްބީޗުގައި ހުންނަ ކައުންސިލުގެ މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުން.
10. ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކެޓްރީ ޖެނެރަލްއަށް ފުރިހަމައަށް ޖަވާބުދާރީ ވުން.
މަޤާމުގެ ޝަރުޠުތައް:
1. ލިޔަންކިޔަން އެނގުން
2. ދިވެއްސަކު ކަމުގައިވުން
3. އުމުރުން 55 އަހަރު ފުރިފައިވާ މީހަކު ކަމުގައި ނުވުން
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމް މިއިދާރާއިން ނަންގަވާ ފުރިހަމަކުރެއްވުމަށްފަހު، 2022 އޮކްޓޫބަރ 11 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. ނުވަތަ މިޢިދާރާގެ އީ މެއިލް އެޑްރެހަށް ([email protected]) މެއިލް ކުރެއްވުން އެދެމެވެ.
މިއިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 6660900 އަށެވެ. އީމެއިލް ކުރާނީ [email protected] އަށެވެ.
04 އޮކްޓޫބަރ 2022