ބީލަން
ނަންބަރު: (IUL)425-A2/1/2022/268
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 20:18
ސުންގަޑި: 18 އޮކްޓޫބަރު 2022 10:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިލިމާލޭ އަދި މާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިންގ ސްޓޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމާއިގުޅޭ،

ތިމާވެއްޓާއި ރައްޓެހި ވެހިކަލްތައް ބޭނުންކުރުމަށް އާންމުންގެ މެދުގައި ޝައުޤުވެރިކަން އުފެއްދުމަށާއި މިފަދަ ވެހިކަލްތައް ބޭނުންކުރާ ފަރާތްތަކަށް ޗާޖުކުރެވޭނެ މަގު ތަނަވަސްކޮށް ދިނުމުގެ ބޭނުމުގައި ޗާޖިންގ ސްޓޭޝަންތަކެއް ބެހެއްޓުމަށް ކައުންސިލުން ބޭނުންވާތީވެ، ވިލިމާލޭ އަދި މާލޭގައި ބެޓެރި ވެހިކަލްތަކަށް ބޭނުންވާ ޗާޖިންގ ސްޓޭޝަންތައް ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިމަސައްކަތަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. އަދި މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަގުހުށަހެޅުއްވުމަށް ތިރީގައި މިދަންނަވާ ދުވަސްތަކުގައި މާލޭ ސިޓީ ކައުންސިލްގެ އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަންނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް ދަންނަވަމެވެ. 

 

ތާރީޚް

ގަޑި

ތަން / ތަފްޞީލް

މަޢުލޫމާތު ސާފުކުރުން

10 އޮކްޓޯބަރ 2022 (ހޯމަ)

13:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

އަގު ހުށަހެޅުން

18 އޮކްޓޯބަރ 2022 (އަންގާރަ)

10:00

ހ.ހުޅުގަލި، 1 ވަނަ ފަންގިފިލާ/ކަރަންކާ މަގު، މާލެ ސިޓީ ކައުންސިލްގެ އިދާރާ/ އެޑްމިން ސެކްޝަން، މީޓިން ރޫމް

މަތީގައި ދަންނަވާފައިވާ ގަޑީގައި މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި އަންދާސީ ހިސާބު ހުށަހަޅުއްވަން ގަޑިއަށް ހާޒިރުނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

 ނޯޓް: އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމަންޓް، ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. 

 އިތުރު މަޢުލޫމާތު: 

-        މާލޭ ސިޓީ ކައުންސިލްގެ އިދާރާ / ޕްރޮކިއުމަންޓް ސެކްޝަން ، ހ.ހުޅުގަލި (3 ވަނަ ފަންގިފިލާ)  ފޯން: 3025407   / އީމެއިލް: [email protected]

04 އޮކްޓޫބަރު 2022